ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ހޯސްޓްކުރާނީ އައްޑޫ ކެނަރީފްގައި

Aug 11, 2024, 2:44 AM
ކެނަރީފް ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ނޮވެމްބަރު މަހު އެ ރިސޯޓްގައި ދުނިޔޭގެ  ބޮޑީބިލްޑިން މުބާރާތް ހޯސްޓްކުރާނެ.-- ފޮޓޯ: ކެނަރީފް

ކެނަރީފް ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ނޮވެމްބަރު މަހު އެ ރިސޯޓްގައި ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ހޯސްޓްކުރާނެ.-- ފޮޓޯ: ކެނަރީފް

މި އަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައި ބާއްވަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ އިއުލާނުުކުރެއްވި މި އަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަން އިއުލާނުކޮށްފައިވާ ކަމަށެވެ. އެ ގޮތުން، މި އަހަރުގެ ނޮވެމްބަރު މަހު 5-11 އަށް ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އިތުރުން، އިލެކްޓޯރަލް ކޮންގްރެސް ވެސް ކުރިއަށްދާނެ އެވެ.

Advertisement

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގައި ވަނީ ހޯސްޓްކޮށްފަ އެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ކ. މާފުށީގައި ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް ބާއްވައިފަ އެެވެ. އަދި 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބޭއްވި އެވެ.

ދުނިޔޭގެ ފެޑެރޭޝަން ރައީސް ޕޯލް ޗުއާ ވިދާޅުވީ، ދުނިޔޭގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ދިނީ، 2022، 2023 ވަނަ އަހަރު ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވަނީ ފުރިހަމަކޮށް ކަމަށްވާތީ ކަމަށެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް، އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވީ، ދުނިޔޭގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ ސަރުކާރުގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. އަދި މުބާރާތުގައި ބައިރިވެރިވާ ގައުމުތަކުގެ އެތުލީޓުންނާއި އޮފިޝަލުން ބޮޑީބިލްޑިން ފެޑެރޭޝަނުގެ ގަވާއިދާއި ރާއްޖޭގެ ގާނޫނާއި ގަވާއިދަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށް އިއްބެ ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖޭގެ ގައުމީ އެތުލީޓުން ވަނީ ދެ ރަން މެޑަލާއި ރިހި މެޑަލެއް ހޯދައިފަ އެވެ.

ކޮވިޑް-19 އަށް ބަންދުކުރި ކެނަރީފް ރިސޯޓް މީގެ ދެ އަހަރު ކުރިން ހުޅުވިއިރު، ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ހޯސްޓްކުރުމަކީ އެ ރިސޯޓަށް ވެސް ލިބޭ ފަހުރެކެވެ.

މީގެ ކުރިން، އައްޑޫ ސިޓީގައި ބޮޑެތި ބައިނަލްއަގުވާމީ އިވެންޓްތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ. އެ ގޮތުން، 2011 ވަނަ އަހަރުގެ ސާކް ސަމިޓާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކާއި 2019 ވަނަ އަހަރު ސާކް ސަރަހައްދުގެ ގައުމުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ވަނީ އައްޑޫ ސިޓީގައި ބާއްވައިފަ އެވެ. މިއީ، ދުނިޔޭގެ ލެވަލްގެ މި ފަދަ ކުޅިވަރު މުބާރާތެއް އައްޑޫގައި ހޯސްޓްކުރާނެ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox