އަސުރުމާ ދޯނީގެ އިތުރުން ދެ ދޯންޏަކަށް އިންޑިއާ ސިފައިން އެރި: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

އިންޑިއާ ސިފައިން އެރި ކަމަށް ބުނާ އަސުރުމާ-3: ބީކޭއެމްޔޫން ބުނީ އެހެން ދެ ދޯންޏަކަށް ވެސް އެރި ކަމަށް -- ފޮޓޯ: މަސްވެރިން.ކޮމް

އިންޑިއާ ސިފައިން އެރި ކަމަށް ބުނާ އަސުރުމާ-3: ބީކޭއެމްޔޫން ބުނީ އެހެން ދެ ދޯންޏަކަށް ވެސް އެރި ކަމަށް -- ފޮޓޯ: މަސްވެރިން.ކޮމް

އަސުރުމާ-3 ގެ އިތުރުން އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދެ އުޅަނދަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

އެ ޔޫނިއަންގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަސުރުމާ-3 ގެ އިތުރުން ނިރު-7 އާއި މާހޯރަ-3 އަށް ވެސް އިންޑިއާގެ ދެ ކޯސްޑުގާޑު އުޅަނދު ކައިރިކޮށް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަސުރުމާ3، ނިރު7 އަދި މާހޯރަ3 މި ތިންދޯންޏަށްވެސް އިންޑއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އެރިކަމަށް މަޢުލޫމާތުލިބޭ! އަދި ދޯނި ފަހަރަށް ސިފައިން އެރިއިރު އެމީހުން އަތުގައި ހަތިޔާރުހުރި ކަަމަށްވެސް މަޢޫމާތު ލިބޭ!" އެ ޔޫނިއަންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ދޯންޏަކަށް އިންޑިއާ ސިފައިން އެރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓުގާޑުގެ އުޅަނދެއް އެ ސަރަހައްދަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.

އ.ދ މަހިބަދޫ އަސުރުމާ-3 އަކަށް އިންޑިއާ ސިފައިން އެރީ ހދ.ކުޅުފުށްޓާ ދިމާލުން ބޭރަށް ނުކުމެ އުޅެނިކޮށް ކަމަށް އެ ދޯނީގެ އޮޑިވެރިޔާ "އަދަދު" އަށް ބުންޏެވެ. އޭނާ ބުނީ އެ ދޯނި ބަލައި ފާސް ކުރުމުގައި އިންޑިއާގެ ދެ މަނަވަރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އިންޑިއާ ސިފައިން ސުވާލު ކުރަމުން ދަނީ ތުރާޔާ ބުރޭންޑުގެ ސެޓެލައިޓު ފޯނު ބޭނުން ކުރޭތޯ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ދޯނީގައި އެ ބުރޭންޑުގެ ފޯނެއް ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.

އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އަރާފައި ވަނީ މިއަދުގެ މެންދުރުފަހު 2:30 ހާއިރު ކަމަށް އޮޑިވެރިޔާ ބުންޏެވެ. އެ ދޯންޏަށް އިންޑިއާ ސިފައިން އެރިއިރު، އެ ދޯނީގައި 18 ފަޅުވެރިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއަދު ދެގަޑި ބައިން ފެށިގެން ދޯންޏާ ގުޅެމުން ދަނީ، ދޯންޏާ ކޯސްޓުގާޑާ ގުޅުވާ ހަމަ ހުރިހާކަމެއް އަޅުގަނޑުމެން ކޮށްފިން މިހާރު. ދޯނިން ބުނީ އިންޑިއާގެ ދެ މަނަވަރު އެބަ އޮތޯ ދޯނި ކައިރީގަ. [ދޯންޏަށް] އަރާ އެމީހުން އެބަ އުޅޭ ދޯނި ތެރޭގައި،" އޭނާ ބުންޏެވެ.

އެ މަންޒަރު ފެންނަ ފޮޓޯތަކެއް ކަމަށްބުނެ ސޯޝަލް މީޑީއާގައި ދަނީ ފޮޓޯތަކެއް ދައުރުކުރަމުންނެވެ. ނަމަވެސް އެއީ މަހިބަދޫ އަސުރުމާ-3 ދޯނީގެ ފޮޓޯ ނޫންކަމަށް އެ ދޯނިން ވަނީ ބުނެފަ އެވެ.

އެ ދޯނީގެ ވެރިފަރާތުން ސޯޝަލްމީޑީއާގައި ހިންގާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނީ މިއަދުގެ ހާދިސާގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް މިހައިތަނަށް ހިއްސާ ކޮށްފައި ނުވާނެ ކަމަށެވެ.

"މި ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ މިދޯނީގެ ފޮޓޯތަކެއް ނޫން ކަމަށް މައުލޫމާތައްޓަކައި ދަންނަވަން. މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް މިހާތަނަށް ހިއްސާކޮށްފައި ނުވާނެ." އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox