ބަންގްލަދޭޝްގެ ޗެމްޕިިއަން އަންސަރްއާ ދެކޮޅަށް ރާއްޖޭގައި ހޭންޑްބޯލް ތިން މެޗު ކުޅެނީ

Jun 16, 2024, 5:05 AM
ބަންގްލަދޭޝްގެ ޗެމްޕިިއަން އަންސަރްއާ ދެކޮޅަށް ރާއްޖޭގައި ހޭންޑްބޯލް ތިން މެޗު ކުޅެނީ

ބަންގްލަދޭޝްގެ އަންސަރް ހޭންޑްބޯލް ޓީމާ ދެކޮޅަށް ރާއްޖޭގެ ދެ ކުލަބަކާއި ޔޫތު ގައުމީ ޓީމުން މި މަހު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ މިއީ މިދިޔަ އަހަރު ބަންގްލަދޭޝް އަށް ކުރި ދަތުރުން ފަހިވި ފުރުސަތެއް ކަމަށާއި, މި ފުރުސަތާ އެކު, ބަންގްލަދޭޝްގެ ގައުމީ މުބާރާތުގެ ޗެމްޕިއަން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ގޮތުން، މި އަހަރު ރާއްޖެ އަންނަން ހަމަޖެހިފައިވާ ބަންގްލަދޭޝް ޓީމަކީ އެ ގައުމުގެ ގައުމީ މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރި އަންސަރް ކުލަބެވެ. މިއީ، އެ ގައުމުގެ ދިފާއީ ބާރަށް ނިސްބަތްވާ ކުލަބެކެވެ.

Advertisement

އަންސަރު ކުލަބުން ފުރަތަމަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނުކުންނާނީ، ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ރަނަރަޕް ވެލިދޫ ޔުނައިޓެޑްއާ ދެކޮޅަށެވެ.

ފަހު މެޗުގައި، މި މަހުގެ 30 ވަނަ ދުވަހު، އަންސަރު ނުކުންނާނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ މި ފުރުސަތު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ދިނީ އައިއެޗްއެފް މުބާރާތައް އެ ޓީމު ތައްޔާރުވާތީ އޭގެ ކުރިން ފެންވަރު ރަނގަޅު މެޗެއް ޒުވާން ގައުމީ ޓީމަށް ދިނުމުގެ ގޮތުން ކަމަށެވެ.

އުންމީދަކީ މިކަހަލަ ފުރުސަތުތައް ރާއްޖޭގެ ހޭންޑްބޯލް ކުލަބުތަކަށް ހޯދައިދީ އެހެން ގައުމުތަކަށް ގޮސް ކުޅުމުގެ ފުރުސަތުވެސް ދިނުން ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ބަންގްލަދެޝްގެ ކުލަބުތަކާ އެކު އިންޓަނޭޝަނަލް ފްރެންޑްލީ ސީރީސްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox