ސިންގަރ އިން ބޭނުން ގޮތަކަށް ސޯފާ ތައްޔާރުކޮށްލެވޭނެ

ސިންގަރ ސޯފާ ބޭނުންވި ގޮތަށް ފަރުމާކޮށް ހުޅުމާލެ ގެއެއްގައި ބަހައްޓާފައި -- ފޮޓޯ: ސިންގަރ

ސިންގަރ ސޯފާ ބޭނުންވި ގޮތަށް ފަރުމާކޮށް ހުޅުމާލެ ގެއެއްގައި ބަހައްޓާފައި -- ފޮޓޯ: ސިންގަރ

ކުދިކުދި ޖާގަތަކުގައި އެންމެ ދަތި ކަމަކަށް ދިމާވާ އެއް ކަމަކީ، އެ ޖާގައަށް ފިޓުވާ ރީތި ފަރުނީޗަރު ލިބުމެވެ. އެކަމަށް ސިންގަރ ފިހާރައިން މި ވަނީ ހައްލެއް ދީފަ އެވެ. ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ސިންގަރ އިން ފެންވަރު ރަނގަޅު ސޯފާ ސެޓު ޖަހައިދެ އެވެ.

ރާއްޖޭގައި ސިންގަރ މަރުކާގެ އުފެއްދުންތައް ވިއްކަމުން އަންނަ ސިންގަރ މޯލްޑިވްސްގެ ސީއޯއޯ އަހުމަދު އިލްޔާސް ވިދާޅުވީ އެ ކުންފުނިން ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ސޯފާ ތައްޔާރުކޮށް ދެތިން ހަފުތާ ތެރޭގައި ކަސްޓަމަރުންނަށް ސޯފާ ރައްދު ކޮށްދޭނެ ކަމަށެވެ.

މާލޭގެ ބައެއް ގެތަކަކީ ޖާގައިގެ ދަތިކަން ދިމާވެފައިވާ ގެތަކެއްކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ، ކަސްޓަމަރުން ބޭނުންވާ ސައިޒަކަށް ސޯފާ އުފައްދައިގެން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ސޯފާގެ ކުލަ ބަދަލުކޮށްލަން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށެވެ.

Advertisement

"ސޯފާތައް ކަސްޓަމަރުން ބޭނުންވާ ގޮތަށް ފަރުމާ ކޮށްގެން ދެތިން ހަފްތާ ތެރޭގައި އަޅުގަނޑުމެން ބޭރުން އެބަ ގެންނަން. މިއީ ރާއްޖެއިން ލިބެން ހުންނާނެ އެންމެ ކޮލިޓީ ސޯފާ" އިލްޔާސް ވިދާޅުވި އެވެ.

ސިންގަރ އިން ކުރިޔަށްގެންދާ "މާސިންގާ ރޯދަ ސޭލް" ގެ ދަށުން 40 ޕަސެންޓާ ހަމައަށް ސޯފާތަކުން ޑިސްކައުންޓް ލިބޭއިރު، ސޯފާތައް ގެއާ ހިސާބަށް ގެންދިޔުމަށް އެއްވެސް އިތުރު ފީއެއް ނުނަގަ އެވެ.

މީގެއިތުރުން ސިންގަރ އިން ދަނީ ރޯދަ ސޭލްގެ ދަށުން 1،500 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރަމުންދާއިރު، ރޯދަ މަސް ނިމެންދެން ކުރިޔަށްގެންދާ މި ސޭލްގެ ދަށުން ކޮންމެ ހަފްތާއަކު ނަސީބުވެރިޔަކަށް އަންނަނީ ސިންގަރ ސޯފާއެއް ދެމުންނެވެ.

ސިންގާ ރޯދަ ސޭލްގެ ދަށުން އެތަނުން ލިބެން ހުންނަ ހައުސްހޯލްޑް އަދި އިލެކްޓްރޯނިކްސްގެ ހުރިހާ ޕްރޮޑަކްޓްސްތަކަކުން 40 އިންސައްތައާ ހަމައަށް އަންނަނީ ޑިސްކައުންޓް ދެމުންނެވެ.

ސިންގަރގެ ދެ ފިހާރައެއް މާލޭގައި މިވަގުތު ހުރިއިރު، އެއް ފިހާރަ ހުންނަނީ ހަނދުވަރީ ހިނގުމުގައި ހުންނަ އެލިއާ ރެޒިޑެންސްގައެވެ. އަދި އަނެއް ފިހާރަ ހުންނަނީ ޗާނދަނީ މަގުގައި ހުންނަ ނެޝަނަލް މިއުޒިއަމް ކުރިމަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox