އިންޑިއާ ސިފައިން ބޭލުން ފަސޭހަ ނޫން ކަމަށް ސަރުކާރުން ބުނުމުން ނާއުންމީދުވި: ޔާމީން

ޖަލްސާއެއްގަައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: އެމަނިކުފާނު އަދިވެސް ހުންނަވަނީ ގެބަންދުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ޖަލްސާއެއްގަައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: އެމަނިކުފާނު އަދިވެސް ހުންނަވަނީ ގެބަންދުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަސޭހަ ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނުމާ ގުޅިގެން ނާއުންމީދުވި ކަމަށް އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ހަރަކާތްތައް ފެއްޓެވި ކުރީގެ ރައީސް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަރު އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. ނަމަވެސް, ޕީއެންއެފްގެ ޖަލްސާތަކުގައި މަދުމަދުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްއިން ޔާމީނަށް އިންޒާރު ދީފައިވާއިރު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދެއްކެވީ ޕޯޑިއަމަށް ވަޑައިނުގަނެ ގޮނޑީގައި އިށީނދެވަޑައިގެން ހުންނަވައިގެންނެވެ.

ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ޕޯޑިއަމަށް އެރުއްވި ބޭފުޅުންނަށް ސުވާލުތަކެއް އަމާޒުކުރައްވާފަ އެެވެ. އޭގެ ތެރެއިން ފުރުސަތެއްގައި ޔާމީން އެދިވަޑައިގަތީ އެމަނިކުފާނު ހުށަހެޅުއްވި ހެކިތަކެއްގެ މައްޗަށް ބިނާކޮށް އޭރު ވާހަކަ ދައްކަވަން ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އެސެސްމަންޓެއް ދެއްވުމަށެވެ.

ޔާމީންގެ ވާހަކަ ކުރިއަށް ގެންދަވަމުން މި ސަރުކާރު ސިފަކުރެއްވީ "އަޅުގަނޑުމެންގެ ސަރުކާރު" ގެ ގޮތުގަ އެވެ.

"މި ސަރުކާރު, އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމަށް އަންނަމުން ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ވައުދަކަށް ދިވެހި ރައްޔިތުންނަށް ވީ އިންޑިއާ ސިފައިން ރާއްޖޭން ބާލާނަމޭ. އަދި, އަޅުގަނޑުމެން ގަބޫލުކުރި ގޮތަށް ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ނިމުމާއެކީ ވަރަށް ކުރިން އިއުލާނު ކުރެއްވި އިންޑިއާ ސިފައިން ބާލުއްވާނެ ކަމަށް އަދި އިންޑިއާ ސަރުކާރާ އެކަން ކޮމިއުނިކޭޓް (ހިއްސާ) ކުރެއްވި ކަމަށް," ޔާމީން ވިދާޅުވި އެވެ.

ޔާމީން ވާހަކަ ދައްކަވަނީ. އެކި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވި ނަމަވެސް ޕޯޑިއަަމްގައި ވާހަކައެއް ނުދައްކަވާ. --- ފޮޓޯ: ޕީއެންއެފް
ޔާމީން ވާހަކަ ދައްކަވަނީ. އެކި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވި ނަމަވެސް ޕޯޑިއަަމްގައި ވާހަކައެއް ނުދައްކަވާ. --- ފޮޓޯ: ޕީއެންއެފް

ޔާމީން ވާހަކަ ދައްކަވަނީ. އެކި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވި ނަމަވެސް ޕޯޑިއަަމްގައި ވާހަކައެއް ނުދައްކަވާ. --- ފޮޓޯ: ޕީއެންއެފް

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފަސޭހަ ނޫން ކަމަށް ރައީސް އޮފީހުން ހާމަކުރެއްވި ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިގޮތަށް އިންޑިއާ ސިފައިން ބާލަން އަޅުގަނޑުމެން ވަރަށް ހިތްވަރާ އެކީގައި އައި ސަރުކާރެއް. ސަރުކާރުގެ ރައީސް އޮފީހުގެ ވަޒީރަކު މިހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުންމީދުވިޔޭ. ފަސޭހަ ކަމެއް ނޫނޭ. އެއްވެސް ކަމެއް ފަސޭހައެއް ނުވެދާނެ," ޔާމީން ވިދާޅުވި އެެވެ.

މާޗު 15, ގެ ނިޔަލަށް އިންޑިއާ ސިފައިން ބާލަން ރާއްޖޭން "ނޯޓިސް" ދީފައިވީ ނަމަވެސް އިންޑިއާގެ ސަރުކާރާ ހަވާލާދީ ނޫސްތަކުން އެ ގައުމުން އެ ތާރީހާ ގުޅޭ ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށް ޔާމީން ވިދަޅުވި އެވެ.

"ރާއްޖޭގެ ހާރިޖިއްޔާއާ ތިމަންނަމެންގެ ވަފުދެއް ބައްދަލުކުރީމޭ, އެހެން ނަމަވެސް އެ ބައްދަލުކުރުމުގައި އެއްގޮތަކަށް ވެސް އިންޑިއާ ސިފައިން ފައިބަންވީ ދުވަހުގެ ވާހަކައެއް ނެތޭ," ސުވާލު ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ސިފައިން ބޭލުން ފަސޭހަ ނޫން ކަމަށް ސަރުކާރުން ބުނީ ޖެނުއަރީ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެހެން ވިދާޅުވީ ކެބިނެޓުގެ ނިންމުންތައް ހާމަކުރުމަށް މައުލޫމާތު ދެއްވި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އެވެ.

"އެ ވައުދު ފުއްދުމުގައި ދިވެހި ސަރުކާރު އޮތީ ސާބިތުކަމާއެކު. އަބަދުވެސް އަޅުގަނޑުމެން ދެކެމުން އައީ މިއީ ފަސޭހެ ކަމެއް ނޫންކަމުގައި. އަދި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައި. ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާއި ދުނިޔޭގެ ރީތި ތަހުޒީބު ނިޔާ ކުރާ ގޮތުން މިކަން ކުރަންޖެހޭނެ ކަމަށް. ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަންޖެހޭނެ ކަމަށް،" އެ ދުވަހު ނާޒިމް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އެންމެ ފުރަތަމަ ހަރަކާތްތައް ފެއްޓެވީ ޔާމީން އެވެ. އެމަނިކުފާނުގެ ސީދާ އިސްނެންގެވުމަށް ފެށި "އިންޑިއާ އައުޓް" ކެމްޕޭން ވެގެންދިޔައީ މިހާރުގެ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ އެންމެ މައިގަނޑު ވައުދަށެވެ. ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށް ސަރުކާރުން ބުނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް މުއިއްޒު އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ. އަދި, ޗައިނާ ދަތުރަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އިންޑިއާއަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވި އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox