މި ވަގުތަށް އެއް ވަނަ މަގާމު ލިވަޕޫލަށް ހައްގު: ގާޑިއޯލާ

Dec 31, 2023, 11:54 AM
މި ވަގުތަށް އެއް ވަނަ މަގާމު ލިވަޕޫލަށް ހައްގު: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގެ މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު، ތާވަލުގެ އެއް ވަނައިގައި އޮންނަން އެންމެ ހައްގީ ލިވަޕޫލް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތްއިރު، އެ ޓީމާ އެއްވަރަށް ދެ ވަނައިގައި އޮތް އެސްޓަން ވިލާ އިން ޕޮއިންޓް ހޯދާފައިވަނީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލިވަޕޫލަށް 19 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ވިލާ އަށް 20 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި މެންޗެސްޓާ ސިޓީ އޮތީ 19 މެޗުން 40 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އާސެނަލަށް 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ފުލަމް ދަނޑުގައި އާސެނަލް މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ.

މި އަހަރު ފަސް މުބާރާތުގެ ތަށި ސިޓީން ހޯދިއިރު، މި ސީޒަނުގައި ލީގުގައި އެ ޓީމަށް އަދި އެންމެ ރަނގަޅު ފޯމުގައި ނުކުޅެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން ސިޓީ މޮޅުވި މެޗަށް ފަހު ގާޑިއޯލާ ވަނީ އެ ކަމަށް އެއްބަސްވެފަ އެވެ.

Advertisement

"(ތަށްޓަށް އޮތް ވާދަވެރިކަން) ވަރަށް ވާންކޮށް މި ފެންނަނީ، ތެދެއް، އަހަރެމެން އަދި އެންމެ ރަނގަޅެއް ނޫން. އެއް ވަނައިގައި އެއް ވެސް ނޫން މި އޮތީ، ލިވަޕޫލް އެ މަގާމުގައި އޮތީ އެ މީހުންނަށް ހައްގުވާތީ،" މިދިޔަ ތިން އަހަރު ސިޓީ އަށް ލީގު ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

"ދެން އަހަރެމެންނަށް މި އޮތީ، މަސައްކަތުން ކުރީގެ ތަފާތު ދެއްކުމުގެ ޗެެލެންޖް، ފަސޭހައެއް ނުވާނެ،"

ގާޑިއޯލާ ބުނީ އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ އަނިޔާގެ މައްސަލަތައް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ނޮވެމްބަރާއި ޑިސެމްބަރު ތެރޭގައި ގިނަ މެޗުތަކެއް ކުޅެން ޖެހުނު ކަމަށާއި މިހާރު ޖެނުއަރީގައި މަޑުމަޑުން މެޗު މަދުވާއިރު، ޓީމު ހަމަޔަކަށް އަޅުވަން ފުރުސަތު ލިބޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox