ތަފާތު މޮޅަށް ކުޅޭތީ އިސްކޯ އަށް ބެޓިސް އިން ޑީލެއް ދީފި

Dec 29, 2023, 5:42 AM
ތަފާތު މޮޅަށް ކުޅޭތީ އިސްކޯ އަށް ބެޓިސް އިން ޑީލެއް ދީފި

މެޑްރިޑް (ޑިސެމްބަރު 29) - މި ސީޒަނަށް ރެއާލް ބެޓިސް އަށް ސޮއިކުރުމަށް ފަހު، ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރާންސިސްކޯ އަލަހޯން (އިސްކޯ) އަށް އެ ޓީމުން އާ ޑީލެއް ދީފި އެވެ.

އެއްވެސް ކްލަބަކާ ނުގުޅި ހުރި އިސްކޯ، 31، މި އަހަރުގެ ޖުލައި މަހު، ބެޓިސް އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ.

ވެލެންސިއާ އާއި މަލާގާ އަށް ކުރިން ކުޅުނު އިސްކޯ، ނުވަ އަހަރު ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު، އެ ޓީމު ދޫކޮށް، މިދިޔަ އަހަރު އޮގަސްޓް މަހު ބަދަލުވީ ސެވިއްޔާ އަށެވެ. އެ ޓީމާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ނަމަވެސް، މިދިޔަ އަހަރު ޑިސެމްބަރު މަހު، ސެވިއްޔާ އާއި އިސްކޯ ވަނީ މަޝްވަރާތަކެއް ބާއްވައި، ކޮންޓްރެކްޓް އުވާލައިފަ އެވެ.

އޭގެ ފަހުން، މި އަހަރު ޖެނުއަރީ މަހު، އިސްކޯ ވަނީ ޖަރުމަނުގެ ޔޫނިއަން ބާލިން އަށް ސޮއިކުރުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު، ފަހު ވަގުތު ޔޫނިއަން ބާލިން އިން ކޮންޓްރެކްޓް ބަދަލުކުރަން އެދުމުން އިސްކޯ އެ ޑީލަށް ފުރަގަސްދިނެވެ.

ޓީމަކާ ނުގުޅި ފަސް މަހަށް ވުރެ ގިނަ ދުވަހު ހުރުމަށް ފަހު، އިސްކޯ، މި ސީޒަނަށް ބެޓިސް އަށް ބަދަލުވީ ކުރު ކޮންޓްރެކްޓެއްގަ އެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން، އިސްކޯ އެ ޓީމަށް 25 މެޗު ކުޅެދީފިނަމަ، އެއް އަހަރަށް ކޮންޓްރެކްޓް އިތުރުވާ މާއްދާއެއް އެބައޮތެވެ.

އެކަމަކު، ބެޓިސް އަށް އިސްކޯގެ ކުޅުން ކަމުދިއުމާ އެކު އޭނާ މިހާރު ވަނީ، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަަލަށް އެ ޓީމާ އެކު ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

މި ސީޒަނުގެ މިހާތަނަށް އިސްކޯ ވަނީ ބެޓިސް އަށް 23 މެޗުން ތިން ގޯލު ޖަހައި، ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox