އެފްއޭއެމަށް ގާނޫނަށް ވުރެ މަތިން ކަންކަމެއް ނުނިންމޭނެ: ތޮލާލް

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް: އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ވަނީ އަންގައިފައި.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް: އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ވަނީ އަންގައިފައި.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އެފްއޭއެމްގެ ކަންކަން ވެސް ހިންގަން ޖެހޭނީ ދިވެހި ރާއްޖޭގެ ގާނޫނުގައި ވެސް ވާ ގޮތުގެ މަތިން ކަމަށާއި އެކަންކަން ކަށަވަރުކުރަން ކުރަން ޖެހޭ މަސައްކަތް ކުރަން އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް ސްޕޯޓްސް ކޮމިޝަަރު، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާްލް، އެފްއޭއެމްގެ އިންތިހާބާ ގުޅޭ ކަންކަން ސާފުކުރަން އެ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުވައި، އެ އަށް ޖަވާބެއް ދޭން ދިން މުއްދަތު ހަމަވިއިރު ވެސް އެކަން އެ ގޮތަށް ނުކުރެ އެވެ. އެހެންވެ، ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ވަނީ މިއަދު އެފްްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން އަންގައިފަ އެވެ.

އެފްއޭއެމް އިން ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމައި، އިއްޔެގެ ނިޔަލަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ވެސް ބަލައިގެންފަ އެވެ. އިންތިހާބުގައި ވާދަކުރަން އެންމެ ފުރަތަމަ ފޯމު ހުށަހަޅާފައިވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އެވެ. އޭގެ ގަޑިއިރެއް ފަހުން، އީގަލްސްގެ ވައިސް ޗެއާމަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގެ މެމްބަރު، މުފާވިޒު ހާޝިމް (މުފާ) ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅައިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރު އޮފީހުން އެފްއޭއެމް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ބަޔާން ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި، އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެފްއޭއެމް އިން ކަންކަން ކޮށްފައިވަނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އެފްއޭއެމްގެ ބަޔާނާ ގުޅޭގޮތުން ސުވާލުކުރުމުން، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، އެ އެސޯސިއޭޝަންގެ މީޑިއާ ވަޓްސަޕް ގްރޫޕްގައި ވިދާޅުވީ، ސްޕޯޓްސް ކޮމިޝަން އިން ނެރުނު ބަޔާނުގެ މައުލޫމާތު އެއްކޮށް ފުރިހަމައެއް ނުވާ ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން އަދި ހުއްޓާނުލާ ކަމަށާއި އެފްއޭއެމް އިން ވަނީ ކޮމިޝަނަރުގެ ސިޓީ އަށް ޖަވާބު ދީފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން، "އަދަދު" އިން ސުވާލުކުރުމުން، ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް ވިދާޅުވީ، މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނަށް ފަހު، އެފްއޭއެމް އިން، ކުރީގެ ސިޓީގެ ޖަވާބު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، މިހާރު މި ވަގުތުގެ ހާލަތަށް ބަލާއިރު، އެފްއޭއެމްގެ ކަންކަން، ގާނޫނުގެ ތެރެއިން ގެންދިއުން އެއީ އެންމެ މުހިންމު ކަންތައްތައް ގޮތުގައި ފެންނާތީ، އެކަން ކުރަން ޖެހޭ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފޮނުވި ސިޓީ އަށް ޖަވާބެއް ދިނުމެއް ނެތި، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ކަމެއް ކުރަން އެ އުޅެނީ، އެކަމަކު، އަޅުގަނޑު އެބަޖެހޭ، ހުރިހާ ކަމެއް ދަނީ ގާނޫނީ އިމުގެ ތެރެއިން ތޯ ކަށަވަރުކުރަން، އެކަމަކު، އެ ގޮތަކަށް ނޫން އެފްއޭއެމް އިން ކަންތައްތައް އެ ކުރަނީ. އެހެންވީމަ، މީގެ އެންމެ ރަނގަޅު ގޮތަކީ، އެފްއޭއެމް ވެސް ގާނޫނުގެ ތެރެއިން ކުރިއަށްދިއުން. އެފްއޭއެމަށް ވެސް ގާނޫނަށް ވުރެ މަތި ނުވެވޭނެ،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، އެފްއޭއެމްގެ މަގާމުތަކުން އެކި ފަރާތްތައް އިސްތިއުފާދިނުމާއި އަލުން އެ މަގާމަށް މީހުން އައްޔަންކުރުމާއި މި ކަންކަން ކޮށްފައިވަނީ އަސާސީ ގަވާއިދުގައި ބުނާގޮތަކަށް ނޫން ކަމަށާއި އޭގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ވެސް އެ މައުލޫމާތުތައް ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެހެންވެ، މި ހުރިހާ ކަމަކަށް ބަލާއިރު، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އެކަން ކުރިއަށް ގެންދެވޭނީ، ފީފާ އާއި އޭއެފްސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު، މި ކަމުގެ މަޝްވަރާތަކެއް ކުރެވިގެން ކަމަށް ސްޕޯޓްސް ކޮމިޝަނަރު ތޮޮލާލް ވަނީ ވިދާޅުވެފަ އެވެ.

މަގާމުތަކަށް މީހުން ކަނޑައެޅުން ވައިބާ/ވަޓްސަޕް ގްރޫޕުން! އިޖުރާތު ފުރިހަމައެއް ނުކުރޭ!

އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާ ދީފައިވާއިރު, އެ މެމްބަރުންގެ އިސްތިއުފާ ސިޓީގެ ކޮޕީ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ވަނީ ލިބިފަ އެވެ.

އޭގެ ތެރެއިން ތިން މެމްބަރުން، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ، މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު، އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގައި ހިމެނޭ އަންހެން މެންބަރު، އާމިނަތު ޝާނީޒު (ޝާނީ) އިސްތިއުފާ ދީފައި ވަނީ ޑިސެމްބަރު 15, ގައި ކަމަށް ސްޕޯޓްސް ކޮމިޝަނަރުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަނެއް ދެ މެމްބަރުންގެ ތެރެއިން ނައިބު ރައީސަކަށް ހުންނެވި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސެއިން ޝާފިއު (ކޮއްކީ) އިސްތިއުފާ ދީފައިވަނީ ސެޕްޓެމްބަރު 16 ގައެވެ. އަދި, އޮކްޓޯބަރު 5 ވަނަ ދުވަހު މުއާވިޔަތު ހަލީލް (މުއާބެ) ވަނީ އިސްތިއުފާ ދީފަ އެވެ.

އެފްއޭއެމްގެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީގެ މަގާމުން ހުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާ ދީފައިވަނީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ، އެފްއޭއެމްގެ އެކްސްކޯއިން ފަސް މެމްބަރުން އިސްތިއުފާދިނުމާ އެކު (50 ޕަސެންޓަށް ވުރެ ސައްހަ މެމްބަރުން މަދުވުމުން) ކޯރަމް ގެއްލޭނެ އެވެ. މާނަ އަކީ އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިބި ހަތަރު މެމްބަރުންނާ އެކު ގާނޫނީ އަދަދު ހަމަ ނުވާނެ އެވެ. އެހެންކަމުން، މިއީ މިހާރު އެފްއޭއެމް ރައީސްގެ މަގާމުގައި ބައްސާމަށް އިތުރަށް ކުރިއަށްދިއުމުގެ ޖާގައެއް ނެތް ކަމަށް ބެލެވޭނެ ހާލަތެވެ. މީގެ ކުރިން، 2016 ވަނަ އަހަރު، އަހުމަދު ތޯރިގު (ޓޮމް) އަށް އެފްއޭއެމްގެ ރައީސްކަން ގެއްލުނީ ވެސް މި ފަދަ ހާލަތެއް ކުރިމަތިވުމުންނެވެ.

އެކަމަކު، ބައްސާމްގެ މަގާމުގެ ދިފާއުގައި، އެފްއޭއެމް އިން ބުނެފައިވަނީ، އެކްސްކޯގައި މިހާރު ވެސް ފަސް މެމްބަރުން އެބަތިބި ކަމަށެވެ. އެކްސްކޯގައި މި ވަގުތު ސައްހަ މެމްބަރުންގެ ގޮތުގައި ތިބީ ނައިބު ރައީސް އަލީ އުމަރު، އެކްސްކޯ މެމްބަރު، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް (މުފާ) އަދި އެކްސްކޯ މެމްބަރު އަހްމަދު ޝަކީބު (ޑޮކް) އަދި އެންމެ ފަހުން އައްޔަނުކުރި އަބްދުﷲ ޝިބާއު (ޝިބާ) އެވެ.

ޝިބާ، އެކްސްކޯ އަށް އައްޔަންކުރީ މުއާބެ އާއި ކޮއްކީގެ އިސްތިއުފާ ދިން ފަހުންނެވެ. ޝިބާ މަގާމަށް އައްޔަންކުރީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ހުރިހާ ކަމެއް ނުވެ އެވެ.

"ވައިބާ/ވަޓްސަޕް ގްރޫޕެއްގައި މި އަހާލަނީ އެ މަގާމަށް (އެކްސްކޯ އަށް) މީހަކު ނަގަން، އެ އަށް އެންމެންގެ ރުހުން އެ ގޮތަށް ހޯދާފައި، މަގާމަށް މީހާ ނަގަނީ، މީގެ ދެން އޮންނަ ގާނޫނީ އިޖުރާތެއް ފުރިހަމަ އެއް ނުކުރޭ، އަސާސީ ގަވާދަކަށް އަމަލެއް ވެސް ނުކުރޭ، މިއީ މީގެ ކަންކަން ކޮށްފައި ހުރި ގޮތަކީ،" އެފްއޭއެމްގެ މި ކަމުގެ މައުލޫމާތު އެނގޭ ފަރާތެއް، "އަދަދު" އަށް ބުންޏެވެ.

އޭނާ ބުނީ، މަގާމަކަށް މީހަކު އައްޔަންކުރުމަށް ހަމައެކަނި ވައިބާ/ވަޓްސަޕް ގްރޫޕެއްގައި މަޝްވަރާ ކުރުމަކުން ނުފުދޭ ކަމަށާއި އަސާސީ ގަވާއިދު ބުނާގޮތަށް، 34.3 ވަނަ މާއްދާގައި ބުނާ އިޖުރާތްތައް (ނޯޓިސް ފޮނުވުމާއި އެޖެންޑާ ދިނުން ފަދަ ކަންކަން) ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެކަމަކު، އެފްއޭއެމް އިން އުސޫލާއި ގަވާއިދަށް ބެލުމެއް ނެތި ކަންކަން ނިންމަމުން އަންނަ ގޮތަށް މި ކަންކަން ވެސް ފުރިހަމަ ނުކޮށް، އަމިއްލަ އަމިއްލަ އަށް ހުރިހާ ކަމެއް ނިންމާލަނީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެފްއޭއެމް އަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، ފީފާ އާއި އޭއެފްސީ އަދި އެހެން ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ލިބޭ ފައިސާ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެ އެސޯސިއޭޝަންގެ ބައެއް ވެރިންނާއި ގާތްފަރާތްތައް އަމިއްލަ ކަންކަމަށް ބޭނުންކުރާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ކުރިއަށެވެ.

އެފްއޭއެމް އިން ދެން ބާއްވާ އިންތިހާބުގައި ވާދަނުކުރާނެ ކަމަށް، ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ކުރަމުން އަންނަ ބައްސާމް ހާމަކުރައްވާފައިވާއިރު، ޖިނާއީ ތަހުގީގުގެ މައްސަލައިގައި އޭނާ އަންނަނީ ފުލުހަށް ހާޒިރުކުރަމުންނެވެ. އަދި ފުލުހުންގެ އަމުރަށް މި ވަގުތު ބައްސާމްގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox