ޗެމްޕިއަން ގަން ލ އަތޮޅުގެ ގްރޫޕް އެކަކަށް

ޗެމްޕިއަން ގަން ލ އަތޮޅުގެ ގްރޫޕް އެކަކަށް

އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023" ގެ ލ. އަތޮޅުގެ ގްރޫޕް އެކެއްގައި ލައްވާލައިފި އެވެ.

ގޯލްޑަން ފުޓްސަލް އޮފީހުގައި އިއްޔެ ވަނީ އަންނަ އަހަރުގެ މުބާރާތުގެ ގުރުއަތުލުން ބާއްވައިފަ އެވެ. އެ ގޮތުން، އަތޮޅު، ޒޯން އަދި ގަދަ 16 ގެ ގުރުއަތުލުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ގަން ހިމެނުނީ ލ އަތޮޅު ގްރޫޕް އެކެއްގަ އެވެ. މި ގްރޫޕުގައި ގަމުގެ އިތުރުން ދެން ހިމެނެނީ މާވައް، ކަލައިދޫ، މާބައިދޫ އަދި ދަނބިދޫ އެވެ. ލ. އަތޮޅުގެ ގްރޫޕް ދޭއްގައި ވާދަކުރާ ޓީމުތަކަކީ މާމެންދޫ، އިސްދޫ، ހިތަދޫ އަދި މުންޑޫ އެވެ.

ހއ. އަތޮޅުން 12 ޓީމު ބައިވެރިވާއިރު، މިއަތޮޅުގެ ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލައިފަ އެވެ. އެ ގޮޮތުން މި އަތޮޅުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ، މާރަންދޫ، ފިއްލަދޫ، އިހަވަންދޫ އަދި މުރައިދޫ އެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ކެލާ، ބާރައް، އުތީމު އަދި ތުރާކުނު އެވެ. މި ގްރޫޕަކީ މި އަތޮޅުގެ އެންމެ ވާދަވެރި ގްރޫޕަށް ވާނެ އެވެ. ހއ. އަތޮޅުގެ ގްރޫޕް ތިނެއްގައި ހިމެނެނީ ހޯރަފުށި، ތަކަންދޫ، ދިއްދޫ އަދި ވަށަފަރެވެ.

ހދ. އަތޮޅަށް ބަލާއިރު، ހދ. އަތޮޅުން 11 ޓީމުން މުބާރާތުގައި ވާދަކުރެ އެވެ. އެހެންވެ ހދ. އަތޮޅު ވެސް ވަނީ ތިން ގްރޫޕަކަށް ބަހާލައިފަ އެވެ.

ހދ. އަތޮޅުގެ ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ، ފިނޭ، ހަނިމާދޫ، ވައިކަރަދޫ އަދި މަކުނުދޫ އެވެ. ގްރޫޕް 2 ގައި ކުޅުދުއްފުށި، ނޮޅިވަރަންފަރު، ނޭކުރަންދޫގެ އިތުރުން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ އެވެ. ހދ. ގެ ފަހު ގްރޫޕްގައި ހިމެނުނީ ތިން ޓީމެކެވެ. އެއީ، ނެއްލައިދޫ، ނޮޅިވަރަން އަދި ކުމުންދޫ އެވެ.

ށ އަތޮޅުން ހަ ޓީމެއް މުބާރާތުގައި ބައިވެރިވެފައިވާއިރު، މި އަތޮޅުގެ ޓީމުތައް ވެސް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ. ށ. އަތޮޅުގެ ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ ފޯކައިދޫ، މަރޮށި އަދި ކަނޑިތީމު އެވެ. މި އަތޮޅުގެ ގްރޫޕް 2 ގައި ހިމެނޭ ޓީމުތަކަކީ، ފީވަށް، ފޭދޫ އަދި ޅައިމަގު އެވެ.

ނ. އަތޮޅުން މި މުބާރާތުގައި ފަސް ޓީމުން ބައިވެރިވާއިރު، މި ގްރޫޕްގެ މެޗުތައް ކުޅެވޭނީ ލީގު އުސޫލުންނެވެ. މި އަތޮޅުގެ ފުރަތަމަ މެޗުގައި ވެލިދޫ ނުކުންނާނީ މިލަންދޫއާ ދެކޮޅަށެވެ. އަދި މާފަރުން ނުކުންނާނީ ކެނދިކުޅުދޫއާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި ހޮޅުދޫ ނުކުންނާނީ ވެލިދޫއާ ދެކޮޅަށެވެ.

އެންމެ ފަހުން ބޭއްވުނު ގޯލްޑަން ފުޓްސަލް ޗެލެންޖު މުބާރާތުގައި ނ. އަތޮޅުގެ އެއްވެސް ޓީމަކުން ބައިވެރިވެފައެއް ނުވެ އެވެ.

ރ. އަތޮޅުން އަންނަ އަހަރުގެ މުބާރާތުގައި ހަތް ޓީމުން ވަނީ ބައިވެރިވެފަ އެވެ. އެހެންވެ، މި އަތޮޅުގެ މެޗުތައް ވެސް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. މި އަތޮޅުގެ ގްރޫޕް 1 ގައި ހިމެނެނީ، ދުވާފަރު، އަލިފުށި، މީދޫ އަދި މަޑުއްވަރި އެވެ. ގްރޫޕް 2 ގައި ހިމެނެނީ، އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން އިނގުރައިދޫގެ އިތުރުން ފައިނު އަދި ހުޅުދުއްފާރެވެ.

ބ. އަތޮޅުން މި މުބާރާތުގައި ބައިވެރިވީ ތިން ޓީމެވެ. އެއީ އޭދަފުށި، ކެންދޫ އަދި ތުޅާދޫއެވެ. އެހެންވެ މި ގްރޫޕްގެ މެޗުތައް ވެސް ކުޅެވޭނީ ލީގު އުސޫލުންނެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި އޭދަފުށިން ނުކުންނާނީ، ކެންދޫއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ކެންދޫން ނިކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ތުޅާދޫން ނުކުންނާނީ، އޭދަފުއްޓާ ދެކޮޅަށެވެ.

ޅ. އަތޮޅުން މުބާރާތުގައި ހަތަރު ޓީމުން ބައިވެރިވާއިރު، މިއީ އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި އަތޮޅުގެ މެޗުތައް ވެސް ކުޅެވޭނީ ލީގު އުސޫލުންނެވެ. އެ ގޮތުން މި އަތޮޅުގެ ފުރަތަމަ މެޗުގައި ހިންނަވަރުން ނުކުންނާނީ، އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކުރެންދޫއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮޅުވެލިފުށިން ނުކުންނާނީ ނައިފަރާ ދެކޮޅަށެވެ.

ކ. އަތޮޅުން މުބާރާތުގައި އަށް ޓީމުން ވަނީ ބައިވެރިވެފަ އެވެ. އެހެންވެ މި އަތޮޅުގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި އަތޮޅުގެ ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ، ގާފަރު، ކާށިދޫ، ހުރާ އަދި ހިންމަފުށި އެވެ. ކ. އަތޮޅުގެ ގްރޫޕް 2 ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ދިއްފުށީގެ އިތުރުން، ގުޅި، ގުރައިދޫ އަދި މާފުށި އެވެ.

އއ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމުންނެވެ. އެއީ އެންމެ ފަހުގެ އެ އަތޮޅު ޗެމްޕިއަން ބޮޑުފުޅަދޫ، ތޮއްޑޫ އަދި މަތިވެރި އެވެ. މި ގްރޫޕްގެ މެޗުތައް ވެސް ކުޅޭނީ ލީގު އުސޫލުންނެވެ.

އދ. އަތޮޅުން މި ފަހަރުގެ މުބާރާތުގައި އަށްޓީމުން ބައިވެރިވާތީ އެ އަތޮޅުގެ މެޗުތައް ވެސް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އދ. އަތޮޅުގެ ގްރޫޕް 1 ގައި ވާދަކުރާނީ ފެންފުށި، ދަނގެތި، މާމިނގިލި އަދި ކުނބުރުދޫ އެވެ. މި އަތޮޅުގެ ގްރޫޕް 2 ގައި ހިމެނޭ ޓީމުތަކަކީ، ހަންޏާމީދޫ، މަންދޫ، އޮމަދޫ އަދި މަހިބަދޫ އެވެ.

ވ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެހެންވެ މި އަތޮޅުގެ މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް އަތޮޅު ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. މި އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ ފެލިދޫ އަދި ކެޔޮދޫ އެވެ.

މ. އަތޮޅުން މި މުބާރާތުގައި އަށް ޓީމުން ވަނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެފަ އެވެ. އެހެންވެ މި ގްރޫޕްގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި އަތޮޅުގެ ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ މުލައް، މަޑުއްވަރި، ރަތްމަންދޫ އަދި ވޭވަށެވެ. މ. އަތޮޅުގެ ގްރޫޕް 2 ގައި ހިމެނޭ ޓީމުތަކަކީ ނާލާފުށި، ދިއްގަރު ކޮޅުފުށި އަދި މުލި އެވެ.

ފ. އަތޮޅުން މުބާރާތުގައި ފަސް ޓީމުން ބައިވެރިވެފައިވާއިރު، މި އަތޮޅުގެ މެޗުތައް ކުޅޭނީ ލީގު އުސޫލުންނެވެ. މި އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ، ފީއަލި، ނިލަންދޫ، ބިލެއްދޫ، ދަރަނބޫދޫ އަދި މަގޫދޫ އެވެ.

ދ. އަތޮޅުންވެސް މުބާރާތުގައި ބައިވެރިވެފައިވަނީ ފަސް ޓީމުންނެވެ. އެހެންވެ މި އަތޮޅުގެ މެޗުތައްވެސް ކުޅޭނީ ލީގު އުސޫލުންނެވެ. މި އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ކުޑަހުވަދޫގެ އިތުރުން، މީދޫ، ބަނޑިދޫ، މާއެނބޫދޫ އަދި ހުޅުދެލި އެވެ.

ތ. އަތޮޅުން މުބާރާތުގައި 10 ޓީމުން ވަނީ ބައިވެރިވެފަ އެވެ. މި އަތޮޅުގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި އަތޮޅުގެ ގްރޫޕް 1 ގައި ހިމެނެނީ ވިލިފުށި، ބުރުނި، ގާދިއްފުށި، އޮމަދޫ އަދި ކިނބިދޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ހިމެނުނީ ތ. އަތޮޅުގެ ގްރޫޕް 2 ގައެވެ. ތިމަރަފުށީގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ، ހިރިލަންދޫ، ގުރައިދޫ، ވޭމަންދޫ އަދި މަޑިފުށި އެވެ.

ގއ. އަތޮޅުން މުބާރާތުގައި ނުވަ ޓީމުން ބައިވެރިވެފައިވާއިރު، މި އަތޮޅުގެ ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ، އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މާމެންދޫގެ އިތުރުން ގެމަނަފުށި، ދާންދޫ، ނިލަންދޫ އަދި ކޮނޑޭ އެވެ. މި އަތޮޅުގެ ގްރޫޕް 2 ގައި ހިމެނޭ ޓީމުތަކަކީ، ވިލިނގިލި، ކޮލަމާފުށި، ދެއްވަދޫ އަދި ކަނޑުހުޅުދޫ އެވެ.

ގދ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ރަނަރަޕް ވާދޫ، ގައްދޫ، ހޯޑެއްދޫ އަދި ތިނަދޫ އެވެ. މި އަތޮޅުގެ މެޗުތައް ވެސް ކުޅޭނީ ލީގު އުސޫލުންނެވެ.

ސ. އަތޮޅުން މި މުބާރާތުގައި ހަތަރު ޓީމުން ބައިވެރިވި އެވެ. އެއީ ފޭދޫ، ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫ އެވެ. މި ގްރޫޕްގެ މެޗުތައް ވެސް ކުޅޭނީ ލީގު އުސޫލުންނެވެ.

ޏ. އަތޮޅުން އެއް ޓީމު ބައިވެރިވެފައިވުމާ އެކު ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ކުޅެން ޖެހޭނީ މި މުބާރާތުގެ ޒޯން ހަތެއްގަ އެވެ. މި ޒޯންގައި ދެން ހިމެނެނީ ގއ. ޗެމްޕިއަން އަދި ރަނަރަޕްގެ އިތުރުން ސ. ޗެމްޕިއަން އަދި ގދ. ޗެމްޕިއަން ޓީމެވެ.

މި މުބާރާތުގެ ޒޯން 8 އެއީ މާލެ ސިިޓީ ޒޯން އެވެ. މާލެ ސިޓީން މި މުބާރާތުގައި ބައިވެރިވެފައިވަނީ ހުޅުމާލެ، މައްޗަން ގޯޅި، މާފަންނު އަދި ވިލިމާލެއެވެ.

އަންނަ މަހު ފަށާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި 320 މެޗު ކުޅޭނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް ވަން ސްޕޯޓްސް ހަމަޖައްސާފައިވާއިރު، މީޑިއާ/ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އިން މި ފަހަރު ވެސް މަސައްކަތް ކުރާނެ އެވެ. އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް.އެމްވީ އެވެ. އަދި އޮފިޝަލް ޖޯޒީ ޕާޓްރަނެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ޖާޒިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox