ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް

Dec 19, 2023, 6:26 AM
ސޮނީ ސްޕޯޓްސްއާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.--- ފޮޓޯ: ވަން

ސޮނީ ސްޕޯޓްސްއާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.--- ފޮޓޯ: ވަން

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފި އެވެ.

މިއީ ސޮނީ އިން މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ޖެހިޖެހިގެން މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު ފަށަން ނިންމާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް، 2024 ގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ހަމަޖެއްސުމަށް ބޭއްވި އިވެންޓް ކުރިއަށްދިޔައީ، އިއްޔެ ސޮނީ ހައުސްގަ އެވެ.

އިއްޔެގެ އިވެންޓްގައި، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާ އެވެ އަދި ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން އެގްޒެކެޓިވް އައިޝަތު ފަތީނާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކަމާ އެކު ކުރިއަށް ދިއުމުގައި ސޮނީ ސްޕޯޓްސް އަކީ ބޮޑު ހިއްސާ އެެކެވެ. އެ ގޮތުން ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި މިދިޔަ އަހަރުތަކުގައި މަސައްކަތް ކުރިއިރު، އޭގެ ކުރިން ވެސް ސޮނީ ސްޕޯޓްސްގެ އެއްބާރުލުން ލިބެ އެވެ. ސޮނީ ސްޕޯޓްސް އަކީ ރާއްޖޭގައި އެންމެ އިތުބާރު ހިފޭ ސްޕޯޓްސް ބްރޭންޑް އެވެ. އެއީ ދުނިޔޭގެ މަގުބޫލު ބްރޭންޑްތަކުގެ ކޮލިޓީ ސާމާނު ސޮނީ ސްޕޯޓްސް އިން އަބަަދުވެސް ލިބޭތީ އެވެ.

އަލް ޝާލީ މެރިންއާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން ސޮއިކުރުމަށް ފަހު.

ގޯލްޑަން ފުޓްސަލް ޗެލެންްޖްގެ ގޯލްޑް ޕާޓްނަރަކަށް އަލް ޝާލީ މެރިން

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވަނީ އަލް ޝާލީ މެރިން ހަަމަޖައްސައިފަ އެވެ.

އަލް ޝާލީ މެރިންގެ ފަރާތުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންއާ އެކު، އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް ޝަރީފް އެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާ އެވެ.

އަންނަ މަހު ފަށާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ. މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުން އޮތީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން، ޗެރިޓީ އަށް ކުޅޭ އެ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ތ. ތިމަރަފުށްޓާއި ލ. ގަން އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް ވަން ސްޕޯޓްސް ހަމަޖައްސާފައިވާއިރު، މީޑިއާ/ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އިން މި ފަހަރު ވެސް މަސައްކަތް ކުރާނެ އެވެ. އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް.އެމްވީ އެވެ. އަދި އޮފިޝަލް ޖޯޒީ ޕާޓްރަނެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ޖާޒިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox