ހަމަލާދިން ކްލަބްގެ ރައީސް އުމުރަށް ސަސްޕެންޑް

Dec 15, 2023, 5:23 AM
ހަމަލާދިން ކްލަބްގެ ރައީސް އުމުރަށް ސަސްޕެންޑް

އިސްތަންބޫލް، ތުރުކީ (ޑިސެމްބަރު 15) - ތުުރުކީގެ ސުޕަ ލީގުގައި އަންކާރަގުޗޫ އާއި ރިޒެސްޕޯ ބައްދަލުކުރި މެޗަށް އަންކާރަގޫޗޫގެ ރައީސް، ފާރޫކް ކޯޗާ، އެ މެޗުގެ ރެފްރީ، ހަލީލް އުމެޓް އަށް ހަމަލާދިން މައްސަލައިގައި ފާރޫކް އުމުރަށް ސަސްޕެންޑް ކުރަން ނިންމައިފި އެވެ.

ތުރުކީ ލީގުގައި މިދިޔަ ހޯމަ ދުވަހު، އަންކާރަގުޗޫ އާއި ރިޒެސްޕޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެ ގެންނެވެ. އަންކާރަގުޗޫ ލަނޑެއް ޖަހައި ލީޑު ހޯދާފައިވަނިކޮށް، ރިޒެސްޕޯ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި މެޗު ނިމުމާ އެކު، އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ ވަނީ ދަނޑަށް އަރައި، މެޗުގެ ރެފްރީ ހަލީލް އުމެޓް މެލާގެ މޫނު މަތީގައި ޖަހައިފަ އެވެ. އަދި އޭނާ ދަނޑަށް ވެއްޓިފައި އޮތް ވަގުތުވެސް، އަންކާރަގުޗޫގެ ބައެއް އޮފިޝަލުން އޭނާ އަށް ހަމަލާ ދިނެވެ.

މި މައްސަލައިގައި ތުރުކީ ފުލުހުން ވަނީ ފާރޫކް ކޯޗާ ހައްޔަރުކޮށްފަ އެވެ. ފާރޫކް ކޯޗާ ވަނީ އޭނާ އަށް ކުރެވުނު ކަމަށް މައާފަށް އެދި މަގާމުން އިސްތިއުފާ ދީފަ އެވެ.

ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރެފްރީ ހަލީލް އުމެޓް އަށް ހަމަލާ ދިން މައްސަލަ އަވަހަށް ބަލައި ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެ ގޮތުން، ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ފާރޫކް ކޯޗާ މުޅި އުމުރަށް ސަސްޕެންޑް ކުރުމަށެވެ. އަދި އަންކާރަގޫޗޫ ދެން އެންމެ އަވަހަށް އަމިއްލަ ދަނޑުގައި ކުޅޭ ފަސް މެޗަށް ސަޕޯޓަރުން ނުވެއްދޭއިރު، އެ ކްލަބް ވަނީ 66000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު، ޔިލްމާޒް ޓުންކް ވިދާޅުވެފައިވަނީ، ރެފްރީ މެލާ އަށް ހަމަލާދިން ހުރިހާ ފަރާތެއްގެ ޝަރީއަތެއް ކުރިއަށްދާނެ ކަމަށެވެ.

އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ އާއި އޭނާގެ ބައިވެރިިން ދިން ހަމަލާގައި ރެފްރީ މެލާގެ މޫނުގެ ވާތުފަޅި އަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ޔުއެފާ އެލީޓް ރެފްރީންގެ ތެރޭގައި ހިމެނޭ މެލާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާރޫކް ކޯޗާ ވަނީ މެލާ އަށް މަރުގެ އިންޒާރު ވެސް ދީފައި ކަމަށެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ރެފްރީ މެލާ އަށް މި ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox