ވޮލީބޯޯޅައިގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހުކުރު ދުވަހު

Nov 14, 2023, 9:03 AM
ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ރަނޭޝް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ރަނޭޝް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އާ އިންތިހާބެއް ބާއްވަން ތައްޔާރުވަމުން އަންނަ ވީއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައި މިވަނީ މެންބަރު ކުލަބުތަކުގެ އެދުމުގެ މަތިންނެވެ. އެސޯސިއޭޝަނުގެ މެންބަރު 18 ކުލަބުގެ ތެރެއިން 11 ކުލަބަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް ވީއޭއެމްގައި އެދުނީ މިދިޔަ ހަފްތާގަ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ނުބާއްވާތާ ތިން އަހަރު ފަހުން މިމަހުގެ ތިން ވަނަ ދުވަހު ވަނީ ޖަލްސާ ބާއްވާފަ އެވެ. މި ޖަލްސާގައި އެ އިދާރާގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް، އާ އިންތިހާބެއް ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

ވީއޭއެމުގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައި އޮތީ 10 ދުވަހުގެ ތެރޭގައި އާ އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވެފައިވާތީ މެންބަރު ކުލަބުތަކުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އިންތިހާބު އަވަސްކޮށްދިނުމަށް ގޮވާލާފަ އެވެ.

ވޮލީގެ ބައެއް ކުލަބުތަކުން ދާދި ފަހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އެކުލަބުތަކުން ވަނީ ވީއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިޔުމަށް ކުލަބުތައް ގުޅިގެން މަސައްކަތްކުރާނެކަމަށް ބުނެފަ އެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކާ އެކު ވީއޭއެމްގެ ކަންކަން ހަރުދަނާ ކުރުމަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރާނެކަން ފާހަގަކުރި އެވެ. މީގެ އިތުރުން އެސޯސިއޭޝަނުގެ ކަންކަން ގަވާއިދާ އެއްގޮތަށް ކުރުމަށް ކުލަބުތަކުން ގޮވާލި އެވެ.

އައު އަސާސީ ގަވާއިދާ އެއްގޮތަށް ވީއޭއެމުން އައު އިންތިޚާބެއް ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އެ އެސޯސިއޭޝަނުގެ ރައީސްއަށް ހުރީ މުހައްމަދު ރަނޭޝް އިންތިޚާބުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox