ކުޅުނީ އެންމެ 14 މެޗު! އިންޓަ މިއާމީގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީއަށް

Nov 14, 2023, 5:39 AM
ކުޅުނީ އެންމެ 14 މެޗު! އިންޓަ މިއާމީގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީއަށް

ފްލޮރިޑާ (ނޮވެމްބަރު 14) - އެމެރިކާ ލީގުގެ އިންޓަ މިއާމީގެ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އާޖެންޓީނާގެ ލިއޮނަލް މެސީއަށް ލިބިއްޖެ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް އިންޓަ މިއާމީގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ދީފައިވަނި މިދިޔަ ހަތަރު މަހު އެ ކުލަބަށް ކުޅުނު މެޗުގައި ދެއްކި ކުޅުމާއި ކުލަބަށް ހޯދައިދީފައިވާ ކަމިޔާބީތަކަށް ބެލުމަށް ފަހުގަ އެވެ. މިގޮތުން އެމެރިކާގައި މުޅިން އަލަށް ކުޅުނު ލީގު ކަޕް އިންޓަ މިއާމީއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ. މެސީ ވަނީ އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފަ އެވެ.

ފްރާންސްގެ ޕީއެސްޖީ ދޫކޮށް އެމެރިކާ ލީގަށް މެސީ ބަދަލުވީ މިދިޔަ ޖޫން މަހުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެކުލަބަށް ޖުމްލަ 14 މެޗު ކުޅެދީފަ އެވެ. މި 14 މެޗުގައި 11 ގޯލު ޖަހައި އަށް ގޯލު ޖެހުމަށް މެސީ އެހީވި އެވެ.

މެސީއަށް މި އެވޯޑު ލިބުމުން ބައެއް ފާޑުކިޔުންތައް ވެސް ކުލަބަށް އަންނަނީ އަމާޒުވަމުންނެވެ. ސަބަބަކީ މުޅި ސީޒަނަށް ބަލާއިރު އިންޓަ މިއާމީ އިން 47 މެޗު ކުޅުނުއިރު، އެންމެ 14 މެޗުގައި ކުޅުނު ކުޅުންތެރިއަކަށް މި އެވޯޑު ދިނުމެވެ. އެމެރިކާ ލީގުގައި 34 މެޗު އިންޓަ މިއާމީ އިން ކުޅުނުއިރު، މެސީއަށް ކުޅެވުނީ އެންމެ ހަ މެޗުގަ އެވެ.

އިންޓަ މިއާމީގެ މިއަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދިއިރު، މިދިޔަ އަހަރު އެކުލަބުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާޖެންޓީނާގެ ކުރީގެ ތަރި ގޮންޒާލޯ ހިގުއައިން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox