ކޯޗުކަމުން ޓެން ހާގު ވަކިކުރަން ޔުނައިޓެޑުން ވިސްނަނީ!

Nov 3, 2023, 10:41 AM
ކޯޗުކަމުން ޓެން ހާގު ވަކިކުރަން ޔުނައިޓެޑުން ވިސްނަނީ!

މެންޗެސްޓާ (ނޮވެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގު ވަކިކުރަން އެކުލަބުން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔުނައިޓެޑުން ކޯޗު ޓެން ހާގު މަގާމުން ވަކިކުރަން ވިސްނަން ފެށީ ސީޒަންގެ ކުރީކޮޅު ކުލަބުގެ ނަތީޖާތައް ގޯސްވެ، ކުޅުންތެރިންނާ އޮތް ގުޅުން ގޯސްވާން ފެށުމުންނެވެ. މިހާތަނަށް މި ސީޒަންގައި ޔުނައިޓެޑުން ކުޅުނު 15 މެޗުގެ ތެރެއިން އަށް މެޗުން އެޓީމް ވަނީ ބަލިވެފަ އެވެ.

ޖެހި ޖެހިގެން ދެ މެޗުގައި އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެ އުނދަގޫ ހާލަތެއްގައި ޔުނައިޓެޑް އޮތްއިރު، އެކުލަބުން މިދިޔަ އަހަރު ހޯދި ކަރަބާއޯ ކަޕުންވެސް ވަނީ ކަޓާފަ އެވެ. އަނެއްކޮޅުން ލީގުގައިވެސް އެކުލަބު އޮތީ ތާވަލްގެ އަށްވަނައިގައި އެވެ. ކުޅުނު 10 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ކޯޗު ވަކިކުރަން ޔުނައިޓެޑުން ވިސްނަމުން އަންނަ އަނެއް ސަބަބަކީ ކުލަބުގެ ކުޅުންތެރިންނާ އޮތް ގުޅުން ކުޑަވާން ފެށުމެވެ. މިގޮތުން ބައެއް ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވޭއިރުވެސް އެ ކުޅުންތެރިން ކުޅެން އަރުވައި، އެހެން ކުޅުންތެރިން ބާކީ ކުރާ ވާހަކަތަކެއްވެސް އަންނަނީ އަޑުއިވެމުންނެވެ. އަދި ޗޭންޖިން ރޫމުގައި ބައެއް ކުޅުންތެރިން ޓެންހާގާ ވާހަކަދައްކަން ބޭނުން ނުވާ ކަމަށް ވެސް އަޑުވަނީ ފެތުރިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލީގުގައި ފުލަމްއާ ދެކޮޅަށް މާދަމާ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް ޓެން ހާގަށް ނެތެވެ. އެ މެޗުން ބަލިވެއްޖެ ނަމަ އޭނާއަށް މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ.

ޓެން ހާގުގެ ބަދަލުގައި ޔުނައިޓެޑުން މިހާރު އާ ކޯޗެއް ހޯދުމަށް މަސައްކަތް ފަށާފައިވާއިރު، ލިސްޓުގެ ކުރީގައި އުޅެނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އެވެ. ޓެން ހާގު އެ މަގާމަށް މީގެ ދޮޅު އަހަރުކުރިން އައިއިރުވެސް ޒިދާން ހޯދަން ޔުނައިޓެޑުން މަސައްކަތްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox