މެސީ 8 ވަނަ ފަހަރަށް ބެލޮންޑިއޯ ހޯދައިފި

Oct 31, 2023, 4:40 AM
މެސީ 8 ވަނަ ފަހަރަށް ބެލޮންޑިއޯ ހޯދައިފި

ޕެރިސް (31 އޮކްޓޯބަރު) - އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 8 ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހޯދައިފި އެވެ.

ބެލޮންޑިއޯ އެވޯޑް ދިނުމުގެ ހަފްލާ ޕެރިހުގައި ރޭ ބޭއްވިއިރު، މި އަހަރުގެ ބެލޮންޑިއޯ އަށް މެސީއާ އެންމެ ގާތުން ވާދަކުރީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑާއި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ.

ކްލަބު ފުޓްބޯޅައިގައި މެސީ އަށް މާ ބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް، މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިއިރު މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މެސީ އެވެ. އެ މުބާރާތުގައި މެސީ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.

Advertisement

ބެލޮންޑިއޯ ގަވައިދަށް ގެނައި ބަދަލާއެކު، މި އަހަރުގެ ބެލޮންޑިއޯ ހޮވުމުގައި ބަލާފައިވަނީ މިދިޔަ ސީޒަންގެ ރެކޯޑްތަކަށެވެ. މުޅި މި އަހަރުގެ ރެކޯޑްތަކަކަށް ނޫނެވެ.

"މިއީ އާޖެންޓީނާގެ މުޅި ޓީމުން ހޯދި ބޮޑު ކާމިޔާބީ އަށް ދޭ ހަދިޔާއެއް،" އެމެރިކާގެ އިންޓަ މަޔާމީ އަށް ކުޅެމުންދާ މެސީ ބުންޏެވެ.

މެސީ ،36, ގެ ކެރިއަރުގައި ހޯދި 8 ވަނަ ބެލޮންޑިއޯ ހާއްސަކުރި 2020 ވަނަ އަހަރު މަރުވި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާއަށެވެ.

މެސީގެ ކެރިއަރުގައި އެންމެ ފުރަތަމަ ބެލޮންޑިއޯ ހޯދީ 2009 ވަނަ އަހަރެވެ. އޭގެ ފަހުން ޖުމްލަ 8 ބެލޮންޑިއޯ ހޯދައި، މެސީ ވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވުރެ ކުރިއަށް ޖެހިލައިފަ އެވެ.

އަންހެނުންގެ ބެލޮންޑިއޯ ކާމިޔާބުކުރީ ސްޕެއިންގެ އައިޓާނާ މޮންމަޓީ އެވެ. އޭނާ އޯގަސްޓް މަހު އޮތް ވޯލްޑް ކަޕް ސްޕެއިން އަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ރޯލެއް އަދާކުރި އެވެ. ޔުއޭފާ އިން ހޮވި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯޑީ މޮންމަޓީ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox