އޮނާނާގެ ކުޅުން ރަނގަޅު ކުރަންޖެހޭ ކަމަށް ޓެން ހާގް އެއްބަސްވޭ

Oct 28, 2023, 5:27 PM
އޮނާނާގެ ކުޅުން ރަނގަޅު ކުރަންޖެހޭ ކަމަށް ޓެން ހާގް އެއްބަސްވޭ

މެންޗެސްޓާ (އޮކްޓޯބަރު 28) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އޮނާނާގެ ކުޅުން މިދިޔަ ދެ މެޗުގައި ރަނގަޅު ކަމަށާއި، ނަމަވެސް އެއީ ޔުނައިޓެޑުގެ ކީޕަރެއްގެ އަސްލު ފެންވަރު ނޫން ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފި އެވެ.

އިޓަލީގެ އިންޓަ މިލާނުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަންގައި ބަދަލުވި އޮނާނާ އަކީ އެކުލަބުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ފާޑުކިޔުން އަމާޒުވަމުން އަންނަ ކުޅުންތެރިޔާ އެވެ. ކުރިން 12 އަހަރު އެކުލަބަށް ކުޅުނު ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު އޮނާނާގެ ސޮއި އެކުލަބުން ހޯދީ 48 މިލިއަން ޕައުންޑަށެވެ.

މިހާތަނަށް އެކުލަބަށް 13 މެޗު އޮނާނާ ކުޅެފައިވާއިރު ސަޕޯޓަރުން ބޭނުންވާ ވަރުގެ ކުޅުމެއް ގިނަ މެޗުތަކެއްގައި ނުދެއްކެ އެވެ. ވަކިން ހާއްސަކޮށް ކުރީކޮޅު ޔުނައިޓެޑް ކޮޅަށް ވަން ގޯލުތަކުގައި އޮނާނާއަށް ހެދުނު ގޯސްތައް ގިނަ އެވެ.

ނަމަވެސް މިދިޔަ ދެ މެޗުގައި އޮނާނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ކޮޕެންހެގަން އަތުން ޔުނައިޓެޑް މޮޅުވީ ފަހު ވަގުތު އޮނާނާ ދިފާއުކުރި ޕެނަލްޓީ އިންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އެރިކް ޓެން ހާގު ބުނީ ޔުނައިޓެޑުގައި ކުޅެން ޖެހޭ ފެންވަރު އޮނާނާއަށް އެނގޭނެ ކަމަށާއި، އެ ލެވެލްއަށް އަދި އޮނާނާއަށް ނާދެވޭ ކަމަށެވެ. މިދިޔަ ދެ މެޗުގައި އޮނާނާ ރަނގަޅަށް ކުޅުނު ނަމަވެސް އެއީ އަދިވެސް އޭނާ ބޭނުންވާ ފެންވަރެއް ނޫން ކަމަށް ކޯޗު ބުންޏެވެ.

"މިދިޔަ މެޗުގައި ރަނގަޅު ކުރިއެރުމެއް ފެނުނު އޮނާނާގެ ފަރާތުން. އެކަމަކު އެއީ މި ކުލަބުގައި ރަނގަޅު އެއީ އެންމެ އެކަށީގެންވާ މިންވަރެއް ނޫން،" ކޯޗު ބުންޏެވެ.

ކޯޗު ޓެން ހާގު ވަނީ ޔުނައިޓެޑަށް މި ސީޒަންގައި ދިމާވެގެން އުޅެނީ ގޯލު ނުޖެހުމުގެ މައްސަލަކަން ފާހަގަކޮށްފަ އެވެ. ލީގުގައި ކުޅުނު ނުވަ މެޗުގައި ޔުނައިޓެޑަށް ޖެހުނީ 11 ގޯލެވެ. އޭނާ ބުނީ ގޯލު ޖެހުމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފަރިތަކުރުންތަކުގައި ވެސް އެކަމަށް އިސްކަންދެމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox