ރެއާލް މެޑްރިޑުގެ ރައީސް މިރޭގެ އެލް ކްލަސިކޯ ބޮއިކޮޓްކޮށްފި

Oct 28, 2023, 5:42 AM
ރެއާލް މެޑްރިޑުގެ ރައީސް މިރޭގެ އެލް ކްލަސިކޯ ބޮއިކޮޓްކޮށްފި

މެޑްރިޑް (އޮކްޓޯބަރު 28) - ސްޕެނިޝް ލަލީގާގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރާ "އެލް ކްލަސިކޯ" މެޗު، ރެއާލް މެޑްރިޑްގެ ވެރިން ބޮއިކޮޓްކޮށްފި އެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ ފޯރިގަދަ މެޗުގެ ގޮތުގައި ފާހަގަވެފައި އޮންނަ އެލް ކްލަސިކޯ މިރޭ ކުޅޭނީ ބާސެލޯނާގެ ދަނޑުގަ އެވެ. މި މެޗަށް ރެއާލް މެޑްރިޑްގެ ވެރިންނަށް ވެސް ވަނީ ދައުވަތު ދީފަ އެވެ.

ނަމަވެސް މިވަގުތު ބާސެލޯނާއާ ދެކޮޅަށް ހިނގަމުން އަންނަ ރިޝްވަތު ދިނުމުގެ މައްސަލައިގެ ސަބަބުން ރެއާލްގެ ވެރިން ނިންމީ މި މެޗަށް ނުދާށެވެ.

Advertisement

ގަވާއިދާ ހިލާފަށް މާލީ މަންފާ ހޯދަން މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކާއެކު، މަގާމުގެ ނުފޫޒުގައި ފައިދާތަކެއް ނަގަން ކޮރަޕްޝަންގެ އަމަލެއް ހިންގަން ބާސެލޯނާ އިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، ބާސެލޯނާގެ ކޯޓަކުން އެ ކުލަބާ ދެކޮޅަށް ތަހުގީގެއްކުރަމުން އަންނައިރު މި މައްސަލައިގައި މިހާތަނަށް ބާސެލޯނާގެ ވެރިންނަށް ވަނީ ރިޝްވަތުގެ ދައުވާ ވެސް އުފުލައިފަ އެވެ.

މިއީ، ސްޕެއިން ލީގުގެ ރެފްރީސް ކޮމިޓީގައި އިސްކޮށް އުޅުނު ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން 2001 ވަނަ އަހަރުން 2018 ވަނަ އަހަރަށް ޖުމްލަ ނުވަ މިލިއަން ޑޮލަރު ދީފައިވާ ކަމަށް ހެކި ލިބެން ހުރުމުން ބާސެލޯނާގެ ވެރިންނާ ދެކޮޅަށް ކޮށްފައިވާ ދައުވާއެކެވެ.

ސްޕެއިންގެ ކޯޓުން ބަލަމުން އަންނަ މި މައްސަލައިގައި ބާސެލޯނާ އަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެންމެ ބޮޑަށް ގޮވާލަމުން އަންނަ އެއް ކުލަބަކީ ވާދަވެރި ރެއާލް މެޑްރިޑެވެ. މިގޮތުން، އެ ކުލަބު ސަސްޕެންޑްކޮށް، ރިޝްވަތުގެ ތުހުމަތު އަމާޒުވެފައިވާ މުއްދަތުގައި ލިބިފައިވާ ޓްރޮފީތައް އަތުލަން ވެސް ރެއާލް އިން ވަނީ ގޮވާލާފަ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ވެރިންގެ ދެމެދުގައި މައްސަލަ ހޫނުވި އަނެއް ސަބަބަކީ ދާދި ފަހުން ބާސެލޯނާ އިން ޓްވީޓު ކުރި ވީޑިއޯ އެވެ. އެ ވީޑިއޯގައި ރެއާލް މެޑްރިޑަކީ ރެފްރީން "ފޭވާ" ކުރާ ކުލަބެއް ކަމަށް ބުނެ، ރެފްރީން ރެއާލްއާ އެއްކޮޅަށް ގިނަ ނިންމުންތަކެއް ނިންމާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިރޭ ކުޅޭ އެލް ކްލަސިކޯ މެޗު ބަލަން ރެއާލްގެ ރައީސް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ކޯޗު ކާލޯ އެންޗެލޮޓީއާ ސުވާލު ކުރުމުން ބުނީ ކުލަބުގެ ވެރިން ނިންމާނީ ކުލަބަށް ފައިދާ ހުރި ގޮތެއް ކަމަށާއި، އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox