އައިސީސީ ކްރިކެޓް ވޯލްޑް ކަޕް: ޕާކިސްތާން އަތުން އަފްގާނިސްތާން އަށް ތާރީހީ މޮޅެއް

Oct 24, 2023, 4:42 AM
އައިސީސީ ކްރިކެޓް ވޯލްޑް ކަޕް: ޕާކިސްތާން އަތުން އަފްގާނިސްތާން އަށް ތާރީހީ މޮޅެއް

ޗެންނާއީ، އިންޑިއާ (އޮކްޓޫބަރު 24) - އައިސީސީ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގައި އަފްގާނިސްތާނުން ޕާކިސްތާންގެ މައްޗަށް ވަނީ ތާރީހީ މޮޅެއް ހޯދައިފި އެވެ.

އަފްގާނިސްތާނުން އަށް ވިކެޓުން މި މެޗު ކާމިޔާބުކުރިއިރު، މިއީ އެ ގައުމުން ތާރީހުގައި ވެސް އޯޑީއައި ކްރިކެޓްގައި ޕާކިސްތާންގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އަފްގާނިސްތާން ޓީމުގައި ޕާކިސްތާނަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެެރެއިން ބައެއް ކުޅުންތެރިންނަކީ ޕާކިސްތާނުން ފުރުސަތު ނުލިބޭތީ އަފްގާނިސްތާނަށް ކުޅެން ބަދަލުވި ކުޅުންތެރިންނެވެ.

މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައި އަފްގާނިސްތާނުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، އިންގްލެންޑް ވެސް ބަލިކޮށްފަ އެވެ.

ޗިދަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މެޗައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 50 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 282 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 74 ލަނޑު ހެދި، ޓީމުގެ ކެޕްޓަން، ބާބަރު އާޒަމް އެވެ. އެ ޓީމުގެ އަބްދުﷲ ޝަފީގު ވެސް ވަނީ 58 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި އަފްގާނިސްތާނުން ކުޅެން އަރައި، 49 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 286 ލަނޑު ހަދައިގެން މެޗުން މޮޅުވި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 87 ލަނޑު ހެދި އިބްރާހިމް ޒަދްރާން އެވެ. އެ ޓީމުގެ ރަހުމަތު ޝާހު ވަނީ 77 ލަނޑު އެއްކޮށްފަ އެވެ.

ހޯދި ދެ ވަނަ މޮޅާ އެކު، އަފްގާނިސްތާން ވަނީ ފުރަތަމަ ބުރުގެ ތާވަލުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.

ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅޭ މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ދެކުނު އެފްރިކާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox