ބާސެލޯނާ އަށް ގިމާރޭސް ވިއްކާލަން ޑީލެއް ނެތް

Oct 15, 2023, 5:03 PM
ބާސެލޯނާ އަށް ގިމާރޭސް ވިއްކާލަން ޑީލެއް ނެތް

ބާސެލޯނާ (އޮކްޓޫބަރު 15) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސްގެ ކޮންޓްރެކްޓްގައި އޭނާ ބާސެލޯނާ އަށް ވިއްކާލަން ހާއްސަ ޑީލެއް ހިމަނާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވާހަކަ ނިއުކާސަލް އިން ދޮގުކޮށްފި އެވެ.

ސައުދީގެ ސަރުކާރުގެ ހިއްސާ އޮންނަަ، ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ނިއުކާސަލް ގަތުމަށް ފަހު، ޓީމު ވަރުގަދަކުރަން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ގަތް ފުރަތަމަ ކުޅުންތެރިންގެ ތެރޭގައި ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު، ގިމާރޭސް، 25 ހިމެނެ އެވެ.

ނިއުކާސަލް އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު، ހަތަރު އަހަރާއި ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ލިޔޯންގައި ހުއްޓައި، ގިމާރޭސްގެ ސޮއި ހޯދަން، 50 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އޭގެ ފަހުން، މި މަހު ގިމާރޭސް ވަނީ މުސާރަ ބޮޑުކޮށް ފަސް އަހަރުގެ ކޮންޓްރެކްޓަކަށް އެއްބަސްވުން އާ ކޮށްފަ އެވެ.

ލިވަޕޫލުން ވެސް މި ސީޒަން ފެށުމުގެ ކުރިން ގިމާރޭސް ހޯދަން މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، 100 މިލިއަން ޑޮލަރު ދީފައި ގިމާރޭސްގެ ސޮއި ހޯދުމަށް ކަމަށް ބްރެޒިލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބްރެޒިލްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގިމާރޭސްގެ އާ ކޮންޓްރެކްޓްގައި ބާސެލޯނާ އަށް އަގުހެޔޮކޮށް ބަދަލުވެވޭނެ މާއްދާއެއް ވަނީ ހިމަނައިފަ އެވެ. އެއީ، ނިއުކާސަލްގެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ނިމުމާ އެކު، ބާސެލޯނާ އިން 50-60 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅައިފިނަމަ ވިއްކާލާ ގޮތަށް އޮތް މާއްދާއެއް ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު، އެ ވާހަކަތައް ނިއުކާސަލް އިން ވަނީ ދޮގުކޮށްފަ އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ގިމާރޭސް އަކީ އެ ޓީމުގެ މުސްތަގުބަލަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ގިމާރޭސް އަށް ތައުރީފު ކުރަމުން ހޯވް ބުނީ ބައެއް ފެންވަރުގެ ކުޅުންތެރިންގެ ވާހަކަ މީޑިއާގައި އެކި ގޮތްގޮތަށް ދެއްކޭނެ ކަމަށެވެ. އެކަމަކު، އޭގެއިން ކޮންމެ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް ވެސް ހޯވް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox