އެފްރިކަން ކަޕް އޮފް ނޭޝަންސް: ގްރޫޕް ސްޓޭޖު ފޯރިގަދަވާނެ

Oct 14, 2023, 6:31 AM
އެފްރިކަން ކަޕް އޮފް ނޭޝަންސް: ގްރޫޕް ސްޓޭޖު ފޯރިގަދަވާނެ

އަބިޖަން، އައިވަރީ ކޮސްޓް (އޮކްޓޯބަރު 14) - އަންނަ ޖެނުއަރީ މަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް 2023ގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް އާއި ކެމަރޫން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އައިވަރީ ކޮސްޓުގައި މިދިޔަ ޖޫން-ޖުލައިގައި ބާއްވަން އުޅުނު މުބާރާތް އަންނަ ޖެނުއަރީ މަހަށް ފަސްކުރަން ޖެހުނީ އެ ގައުމުގެ ވާރޭ ވެހޭ މޫސުމާ ދިމާވާތީ މެޗުތަކަށް އެކަމުގެ އަސަރުކުރާނެ ކަމަށް ބެލެވޭތީ އެވެ. އެ ގޮތުން، 2024ގައި މުބާރާތުގެ މެޗުތައް ކުޅުނު ނަމަވެސް މުބާރާތުގެ ނަމުގައި އޮންނާނީ 2023 އެވެ.

ޖެނުއަރީ އަދި ފެބްރުއަރީގައި އޮންނަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ނުކުންނާނީ ފަސް ފަހަރު ތަށި ހޯދާފައިވާ ކެމަރޫން، ގެމްބިއާ އަދި ގިނީއާ ދެކޮޅަށެވެ.

Advertisement

ގްރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު އައިވަރީ ކޮސްޓާއި ތިން ފަހަރު ތަށި ހޯދާފައިވާ ނައިޖީރިއާގެ އިތުރުން ދެން ހިމެނެނީ އިކުއިޓޯރިއަލް ޖިނީ އާއި ޖިނީ ބިސާއޫ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މިސްރު އޮތީ ގްރޫޕް ބީގަ އެވެ. ހަތް ފަހަރު ތަށި ހޯދާފައިވާ މިސްރާ އެކު މި ގްރޫޕްގައި ދެން ހިމެނެނީ ހަތަރު ފަހަރުގެ ޗެމްޕިއަން ގާނާ، ކޭޕް ވާޑޭ އަދި މޮޒަމްބީކް އެވެ.

ގްރޫޕް ޑީގައި އޮތީ ދެ ފަހަރު ތަށި ހޯދާފައިވާ އަލްޖީރިއާ، ބުކީނާ ފަސޯ، އެންގޯލާ އަދި މައުރިޓާނިއާ އެވެ. ގްރޫޕް އީގައި އޮތީ 2004ގެ ޗެމްޕިއަން، ޓިއުނީޝީއާ، މާލީ 1996ގެ ޗެމްޕިއަން ސައުތު އެފްރިކާ އަދި ނެމީބިއާ އެވެ.

ގްރޫޕް އެފްގައި ކުރީގެ ތިން ޗެމްޕިއަނުން ހިމެނެ އެވެ. އެއީ 1976ގެ ޗެމްޕިއަން މޮރޮކޯ، 2012ގެ ޗެމްޕިއަން ޒެމްބިއާ، 1968 އާއި 1974ގެ ޗެމްޕިއަން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރުން ޓަންޒޭނިއާ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް 2023 ކުރިއަށްދާނީ އައިވޮރީ ކޮސްޓުގެ ހަ ސްޓޭޑިއަމެއްގައި ޖެނުއަރީ 13 އިން ފެށިގެން ފެބްރުއަރީ 11 އަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށްފަހު ނޮކްއައުޓްބުރުން ޖާގަ ހޯދާނީ ގްރޫޕްގެ ގަދަ ދެ ޓީމްގެ އިތުރުން، ތިން ވަނައަށްދާ ޓީމްތަކުގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox