އޮސްޓްރޭލިއާ އަތުން އިންގްލެންޑް މޮޅުކޮށްދިނީ ވަޓްކިންސް

Oct 14, 2023, 5:35 AM
އޮސްޓްރޭލިއާ އަތުން އިންގްލެންޑް މޮޅުކޮށްދިނީ ވަޓްކިންސް

ލަންޑަން (އޮކްޓޫބަރު 14) - އޮލީ ވަޓްކިންސް ޖަހައިދިން ގޯލުން 1-0 އިން އޮސްޓްރޭލިއާ އަތުން އިންގްލެންޑް މޮޅުވެއްޖެ އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް އިނގިރޭސި ގައުމީ ޓީމުގެ ފުރަތަމަ އެގާރަ އަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، ކެޕްޓަން ހެރީ ކޭން ބެންޗުގައި އިންއިރު، އެއް ވަނަ ކީޕަރު ޖޯޑަން ޕިކްފޯޑްގެ އިތުރުން އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ޑެކްލަން ރައިސް، ޖޫޑް ބެލިންހަމް އަދި ކައިލް ވޯކާ ވެސް އިނީ ބެންޗުގަ އެވެ.

ސައުދީ ލީގުގެ އަލް އިއްތިހާދަށް ކުޅެމުން އަންނަ ހެންޑަސަން ގައުމީ ޓީމަށް ނެގުމުން ގިނަ ބަޔަކު ކޯޗު ސައުތުގޭޓަށް ފާޑުކިޔާފައިވާއިރު، ދެ ވަނަ ހާފުގައި ހެންޑަސަން ބަދަލުކުރި ވަގުތު ސަޕޯޓަރުންވަނީ ހެންޑަސަންއަށް ޓީމުން ޖާގަ ދިނުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

Advertisement

ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނުއިރު، ވަޓްކިންސް ގޯލު ޖެހީ މެޗުގެ 57 ވަނަ މިނެޓުގަ އެވެ. މިއީ އިންގްލެންޑްގެ ގައުމީ ޓީމަށް އޭނާ ކުޅުނު އަށް މެޗުގައި ޖެހި ތިން ވަނަ ގޯލެވެ. އަދި މިއީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުން ވަޓްކިންސް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މި މޮޅާ އެކު އިނގިރޭސި ގައުމީ ޓީމް ތައްޔާރުވާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ޔޫރޯ ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މި މެޗުން އިންގްލެންޑް މޮޅުވެއްޖެ ނަމަ އަންނަ އަހަރުގެ ޔޫރޯ އަށް އެ ޓީމު ކޮލިފައިވާނެ އެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކަށް ބަލާއިރު، ޖަޕާނުން ވަނީ 4-1 އިން ކެނަޑާ ބަލިކޮށްފަ އެވެ. ޖަޕާނުން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް މަދުވެގެން ހަތަރު ގޯލު ޖަހައިފަ އެވެ.

ދެކުނު ކޮރެއާ އިންވެސް ވަނީ ރޭ 4-0 އިން ޓިއުނީޝިއާ ބަލިކޮށްފަ އެވެ. ސައުދީ އަރަބިއްޔާއާ ނައިޖީރިއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު، އިރާން ވަނީ 3-1 އިން ޖޯޑަން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox