ލެވަކޫސަނުން ފޯމު ދެމެހެއްޓިއިރު، ބަޔާން ފަހަތުގައި ވިއްދާފައި

Oct 9, 2023, 3:15 AM
ލެވަކޫސަނުން ފޯމު ދެމެހެއްޓިއިރު، ބަޔާން ފަހަތުގައި ވިއްދާފައި

ލެވަކޫސެން (އޮކްޓޫބަރު 9) - ޖަރުމަނު ލީގުގައި މި ފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާ ލެވަކޫސަން އިން 3-0 އިން ކޮލޯން ބަލިކޮށް ފޯމު ދެމެހެއްޓިއިރު، ބަޔާން މިއުނިކުން 3-0 އިން ފްރެއިބާގު ބަލިކޮށްފި އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި މިވަގުތު 19 ޕޮއިންޓާ އެކު އޮތީ ލެވަކޫސަން އެވެ. ދެ ވަނައިގައި 18 ޕޮއިންޓް ހޯދައިގެން ސްޓުޓްގާޓް އޮތްއިރު ތިން ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު ބަޔާން އެވެ. ހަތަރު ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް ވެސް ލިބިފައިވަނީ 17 ޕޮއިންޓެވެ.

ކޯޗު ޒަބީ އަލޮންސޯއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ލެވަކޫސަން މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ޖޯނަސް ހޮފްމަން، ޖެރެމީ ފްރިންޕޮންގް އަދި ވިކްޓާ ބޮނިފޭސް އެވެ. މި މެޗު ޖެހި ގޯލާ އެކު ބޮނިފޭސް ވެފައިވަނީ ލެވަކޫސެން އަށް ކުޅުނު ފުރަތަމަ ހަތް މެޗުގައި ހަތް ގޯލު ޖެހި ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ.

ބަޔާނުން ފްރެއިބާގު އަތުން މޮޅުވި މެޗުގައި ކިންގްސްލީ ކޯމަން ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ އަނެއް ގޯލު ޖަހައިދިނީ ލެރޮއީ ސާނޭ އެވެ.

ބުންޑަސް ލީގާގައި ރޭ އައިންޓްރެކްޓް ފްރެންކްފާޓުން ވަނީ ހެއިޑެންހެއިމް 2-0 އިން ބަލިކޮށްފަ އެވެ. މެޗުގައި އެ ޓީމުގެ ދެ ގޯލު ޖަހައިދިނީ ހޫގޯ ލާސަން އާއި އަންސްގާ ނައުފް އެވެ.

މިދިޔަ ހަފްތާ ބަންދަކީ ބުންޑަސް ލީގާގެ ކުރީގައި އުޅޭ ޓީމްތަކަށް ކާމިޔާބު ހަފްތާ އެކެވެ. މި ގޮތުން މިދިޔަ ހޮނިހިރު ދުވަހު ޑޯޓްމުންޑާއި ސްޓުޓްގާޑު ވެސް ވަނީ މޮޅުވެފަ އެވެ. ޑޯޓްމުންޑް މޮޅުވީ 4-2 އިން ޔޫނިއަން ބާލިން އަތުންނެވެ. ސްޓުޓްގާޑް މޮޅުވީ 3-1 އިން ވުލްފްސްބާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox