ކުރީގެ ޑިފެންޑަރު ބޯޓެން އަލުން ސޮއިކުރަން ބަޔާނުން ވިސްނަނީ

Oct 6, 2023, 6:25 AM
ކުރީގެ ޑިފެންޑަރު ބޯޓެން އަލުން ސޮއިކުރަން ބަޔާނުން ވިސްނަނީ

މިއުނިކް (އޮކްޓޯބަރު 6) - ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި، ބަޔާން މިއުނިކްގެ ކުރީގެ ޑިފެންޑަރު ޖެރޯމް ބޯޓެން އަލުން ސޮއިކުރަން އެ ކުލަބުން ވިސްނަން ފަށައިފި އެވެ.

ބޯޓެން 35، އަކީ 2011 އިން ފެށިގެން 2021 އާ ހަމައަށް ބަޔާންއާ އެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ކުލަބަށް 363 މެޗު ކުޅެދީ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށް ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ޖަރުމަނުގެ ޗެމްޕިއަން ޓީމުން ދެ ވަނަ ފަހަރަށް ބޯޓެން ސޮއިކުރަން ވިސްނަން ފަށާފައިމިވަނީ އެ ކުލަބުގެ ޑިފެންޑަރު މަތައިސް ޑިލިޓް އަށް އަނިޔާވެ ކުޅުމާ ދުރަށްދާނެ ޖެހިފައިވުމުންނެވެ. މި ވަގުތު އެ ކުލަބުގައި ތިބި ސެންޓްރަލް ޑިފެންޑަރުންނަށް ބަލާއިރު ދިގު ސީޒަނަށް ކުޅުންތެރިން މަދުކަމަށް ކުލަބުން ގަބޫލުކުރެ އެވެ. އެހެންވެ ކުލަބުން އަންނަނީ ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ބޯޓެން ސޮއިކުރަން ވިސްނަމުންނެވެ.

Advertisement

މީގެ ދެ އަހަރު ކުރިން، 2021 ގައި ބަޔާން ދޫކޮށްލުމަށްފަހު ބޯޓެން މިދިޔަ ދެ ސީޒަންގައި ކުޅުނީ ފްރާންސްގެ އޮލިމްޕިކް ލިޔޯން އަށެވެ. މިދިޔަ ސީޒަނަށް ފަހު އެ ކުލަބުން ބޯޓެން ދޫކޮށްލުމުން، އޭނާ ހުރީ ކުޅޭނެ ކުލަބެއް ނެތިފަ އެވެ.

ބަޔާނުގެ އެދުމުގެ މަތިން ބޯޓެން އަންނަނީ އެކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ޖަރުމަންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޯޓެންގެ ފިޓްނަސްއާ މެދު ކުލަބުން ހިތްހަމަޖެހެ އެވެ. އަދި މީގެ އިތުރުން އޭނާއަށް ލިބިފައިވާ ތަޖުރިބާ އާއި މިވަގުތުގެ ފޯމަށް ބަލާއިރު ކޯޗު ތޯމަސް ޓުޗެލް ވެސް ހުރީ ހިތްހަމަޖެހިފަ އެވެ.

ބޯޓެން ސޮއިކުރުމާ މެދު ގޮތެއް ނިންމުން ލަސްވާ ސަބަބަކީ އެ ކުލަބުން ޖެނުއަރީ މަހު ޑިފެންޑަރެއް ގަތުމަށް ނިންމާފައި އޮތުމެވެ. އެހެންކަމުން ކުލަބުން ރަނގަޅަށް ކުޅެމުން އަންނަ ދަނޑިވަޅެއްގައި އިތުރު ކުޅުންތެރިއެއް ޓީމަށް އިތުރުކޮށް ހަރަދުކުރަން ކުލަބުން ބޭނުންނުވެ އެވެ.

ބަޔާން އިން ބޯޓެން ސޮއިކުރާނަމަ އޭނާ ސޮއިކުރާނީ ހަމައެކަނި މި ސީޒަންގެ ނިޔަލަށެވެ. އެ ކުލަބުގެ އަމާޒަކީ ޖެނުއަރީ މަހު ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާގައި ކުލަބުން ބޭނުންވާ ފެންވަރުގެ ކުރިމަގު އޮތް ޑިފެންޑަރެއް އެކުލަބަށް ގެނައުމެވެ.

މި ވަގުތު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ބަޔާންގެ ދެ ސެންޓްރަލް ޑިފެންޑަރުންނަކީ ފްރާންސްގެ ޑަޔޮޓް އުޕަމެކާނޯ އާއި ދެކުނު ކޮރެއާގެ ކިމް މިން ޖޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox