ބަޔާނުން ރައިސް ނުގަތީ އަގުބޮޑުކަމުން

Sep 30, 2023, 5:07 AM
 ބަޔާނުން ރައިސް ނުގަތީ އަގުބޮޑުކަމުން

މިއުނިކް (ސެޕްޓެމްބަރު 30) - މިދިޔަ ޓްރާންސްފާގައި އިނގިރޭސި ގައުމީ ޓީމްގެ މިޑްފިލްޑަރު ޑެކްލަން ރައިސް ނުގަތީ އޭނާ އަގުބޮޑުވުމުން ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.

ރައިސް 24، އަކީ ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގަންނަން އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިޔާ އެވެ. އެކުލަބުގެ ކޯޗު ތޯމަސް ޓުކެލް ބޭނުންވެގެން ރައިސް ގަތުމަށް ބަޔާނުން ވަނީ ވެސްޓްހަމް ޔުނައިޓެޑާ މަޝްވަރާވެސްކޮށްފަ އެވެ.

ނަމަވެސް 105 މިލިއަން ޕައުންޑުގެ ފީއަކަށް ރައިސް ބަދަލުވާން ނިންމީ އިނގިރޭސި ކުލަބު އާސެނަލް އަށެވެ.

ރައިސްއާ ގުޅޭގޮތުން ބަޔާންގެ ރައީސް ހާބާޓް ރައިނާ ވިދާޅުވީ އެކުލަބަށް ލިބިފައިއޮތް ބަޖެޓަށް ބަލާއިރު 100 މިލިއަން ޕައުންޑު ދީފައި މިޑްފިލްޑަރެއް ގަނެފި ނަމަ، ފޯވާޑެއް ގަންނަން އެކަށީގެންވާ ބަޖެޓެއް ނޯންނާނެތީ، ރައިސް ނުގަންނަން ނިންމީ ކަމަށެވެ.

"އަހަރުމެން ގަންނަން ބޭނުންވި ކުޅުންތެރިއެއް ރައިސް އަކީ. އެކަމަކު އޭނާގެ ވިއްކަން ވެސްޓް ހޭމް އިން ކީ އަގު މާބޮޑު. އެވަރު ދީފައި ކުލަބަށް މިޑްފިލްޑަރެއް ގަންނަން މާލީގޮތުން ގޮންޖެހުންތަކެއް ހުރި" ރައީސް ރައިނާ ވިދާޅުވި އެވެ.

ރައިސްގެ ބަދަލުގައި އެކުލަބުން މިޑްފިލްޑް ލައިން ވަރުގަދަކުރުމަށް ގެނައީ ލެއިޕްޒިގްގެ ކޮންރަޑް ލައިމާ އެވެ. އޭނާ ގެނައީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މީގެ އިތުރުން ލޯން އުސޫލުން މެންޗެސްޓާ ޔުނައިޓެޑުގައި ހުރި މާސެލް ސަބިޓްޒާ ވެސް އެނބުރި ކުލަބަށް އައިސްފައިވުމުން ބަޔާނުން ބޮޑު އަގުގައި މިޑްފިލްޑަރެއް ގަންނަން ބޭނުން ނުވީ އެވެ.

ޖަރުމަނުން ޓްރާންސްފާގައި ގެނައި އެންމެ އަގުބޮޑު ކުޅުންތެރިއަކީ ފޯވާޑް ހެރީ ކޭން އެވެ. ކޭން 110 މިލިއަން ޕައުންޑު އެ ކުލަބުން ހޭދަކުރި އެވެ.

ރައިސް ނުލިބުމުން ޓްރާންސްފާގެ ފަހު ދުވަހު ބަޔާނުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަމް އަށް ކުޅެމުން އަންނަ ޕަލީނިއާ ގަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ޑީލް ވެސް ފަހު ވަގުތު ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox