ކޭންގެ ލަނޑުތަކާ އެކު ބަޔާން މޮޅުވެއްޖެ

Aug 28, 2023, 4:05 AM
ކޭންގެ ލަނޑުތަކާ އެކު ބަޔާން މޮޅުވެއްޖެ

މިއުނިކް (އޮގަސްޓް 28) - ޖަރުމަނު ލީގުގައި ރޭ އޮއުސްބާގް ކޮޅަށް ހެރީ ކޭން ޖެހި ދެ ގޯލާ އެކު ބަޔާން މިއުނިކް 3-1 އިން މޮޅުވެއްޖެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާްސް ދޫކޮށް ބަޔާން އަށް ބަދަލުވި ފަހުން ޖަރުމަނު ލީގުގައި ކުޅުނު ދެ މެޗުން، ކޭން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ކޭން އަކީ ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ގޯލު ޖެހި އިނގިރޭސި ފުރަތަމަ ކުުޅުންތެރިޔާ އެެވެ.

ބަޔާނުން މި މެޗުގައި ލީޑުނެގީ އޮއުސްބާގްގެ ފީލިކްސް އުޑޯކާއި އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި ބަޔާންގެ ލެރޯއި ސާނޭ ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ގޯލަށް ވަނީ އުޑޯކާއި ގައިގައި ޖެހިފަ އެވެ. އޭގެ އަށް މިނިޓް ފަހުން، ކޭން ވަނީ ބަޔާނަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ އޮއުސްބާގްގެ ނިކޮލަސް ޑޯޝް އަތުގައި ބޯޅަ ޖެހުމުން، ދިން ޕެނަލްޓީ އަކުން ކޭން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފުގައި ތިން ވަނަ ގޯލެއް ޖަހަން ބަޔާނުން ކުރި މަސައްކަތް ކާމިޔާބުނުވި ނަމަވެސް މެޗުގެ 69 ވަނަ މިނިޓްގައި ކޭން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ ބަޔާންގެ ފުލްބެކް، އަލްފަންސޯ ޑޭވީސް ނެގި ހުރަހަކަށް އަރައި، ކޭން ޖެހި ގޯލެކެވެ. ހެޓްރިކް ހަދަން ކޭން އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

އޮއުސްބާގް އިން ވަނީ މެޗުގެ ފަހުކޮޅުގައި ގޯލެއް ޖަހައިފަ އެވެ. ބަދަލަކަށް ކުޅެން އެރި ޑިއޯން ބެލްޖޯ މި ގޯލު ޖަހާފައިވަނީ ޑެމިރޯވިޗް ދިން ބޯޅައަކުން މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ.

ޖަރުމަނު ލީގުގެ ފުރަތަމަ ދެ ހަފްތާ ނިމުނުއިރު، ހަ ޓީމަކުން ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox