ގޯތީ ގުރުއަތުލުން ކުރިއަށްދާތީ ދިވެހި ޕްރިމިއާ ލީގު އަނެއްކާ ވެސް ފަސްކޮށްފި

މާޒިޔާ އާއި އީގަލްސް ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާ އާއި އީގަލްސް ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕްލޭނިން މިނިސްޓްރީން ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދާ، މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ގުރުނެގުމުގެ އިވެންޓު ދިގުލައިދާތީވެ، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަނެއްކާ ވެސް ފަސްކުރަން ޖެހިއްޖެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންމެ ފުރަތަމަ މިދިޔަ އާދިއްތަ ދުވަހު އެންގީ ސަރުކާރުގެ އިވެންޓެއް އޮތުމުން، ލީގު މެޗުތައް ފަސްކުރަން ޖެހިފައިވާ ކަމަށެވެ.

އެއީ، މި ހަފްތާގެ ހޯމަ އިން ފެށިގެން ގޯތީގެ ގުރު ނެގުމުގެ އިވެންޓް ރަސްމީ ދަނޑުގައި ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީ އަށް ދޫކޮށްފައިވާތީ އެވެ އެ ގޮޮތުން، ގަލޮޅު ދަނޑު ބެލެހެއްޓުމުގެ ޒިންމާ އޮތް ޔޫތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އެފްއޭއެމުން ވަނީ ގޯތީގެ ގުރުނެގުމުގެ އިވެންޓަށް ޖާގަ ދޭން ލީގު ފަސްކޮށްފަ އެވެ.

Advertisement

އެ ގޮތުން، ގުރުނެގުމުގެ އިވެންޓަށް އެންމެ ފުރަތަމަ ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެހެންވެ، ދިވެހި ޕްރިމިއާ ލީގު އަލުން މިއަދު ފަށާގޮތަށް ޝެޑިއުލަށް ވެސް އޮތީ ބަދަލު ގެނެސްފަ އެވެ.

އެކަމަކު، ހައުސިން މިނިސްޓްރީގެ އެދުމަށް ރަސްމީ ދަނޑު ދޫކުރި މުއްދަތު އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް އިތުރު ކޮށްފައި ވާތީ، މިހާރު އަނެއްކާ ވެސް ދިވެހި ޕްރިމިއާ ލީގު ފަސްކުރަން ޖެހިފައިވާ ކަމަށް އެފްއޭއެމުން ރޭ ވަނީ މީޑިއާގައި ބުނެފަ އެވެ.

ގޯތީ ގުރުނެގުމަށް ގަލޮޅު ދަނޑުގައި ކުރިއަށްދާ އިވެންޓްެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް އިން ބުނީ ލީގުގެ އާ ޝެޑިއުލް ވީހާވެސް އަވަހަކަށް ނެރޭނެ ކަމަށެވެ.

މުޅި ޖުމްލަ އެކު، 9001 ގޯތި، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދިނުމަށް ގުރުއަތުލުން ގަލޮޅު ދަނޑުގައި ކުރިއަށްދާއިރު، މި އިވެންޓް މިއަދުން ފެށިގެން ހެންވޭރު ދަނޑުގައި ބާއްވަން ޕްލޭނިން މިނިސްޓްރީން ކުރިން ރޭވި އެވެ. އެކަމަކު، މިހާރު އަނެއްކާ ވެސް އިވެންޓް ކުރިއަށްދާނީ ގަލޮޅު ދަނޑުގައި ކަމަށް މި ވަނީ ނިންމައިފަ އެވެ.

ކުއްލިއަކަށް މި ގޮތަށް ލީގު މެދުތައް ފަސްކުރަން ޖެހުމާ އެކު، ފުޓްބޯޅަ ކޯޗުންނާއި ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ލީގަށް މި ގޮތަށް އަސަރުކުރާނަަމަ، އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އޮތް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް އަސަރުކުރާނެ ކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox