އެމެރިކާ ކައިރިން ނެދަލެންޑްސް އަށް ބަދަލެއް ނުހިފުނު

Jul 27, 2023, 4:52 AM
ެެއެމެރިކާގެ ލިންޑްސޭ ހޮރާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ެެއެމެރިކާގެ ލިންޑްސޭ ހޮރާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ވެލިންޓަން، ނިއު ޒީލެންޑް (ޖުލައި 27) - ފީފާ ވިމެންސް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ނެދަލެންޑްސް އާއި އެމެރިކާ، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

އެންމެ ފަހުން، 2019 ގައި ބޭއްވި ވިމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާ އިން ހޯދީ ފައިނަލުގައި 2-0 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗުން ނެދަލެންޑްސް ލީޑުނަގާފައިވަނިކޮށް އެމެރިކާ އިން ވަނީ އެއްވަރުކޮށްފަ އެވެ.

އެ ގޮތުން، ނެދަލެންޑްސް އިން މި މެޗުގައި ލީޑުނެގީ ދާދި ފަހުން މެންޗެސްޓާ ސިޓީ އަންހެން ޓީމަށް ސޮއިކުރި ޖިލް ރޫޑް އެވެ. އެމެރިކާ އިން އެއްވަރުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، ލިންޑްސޭ ހޮރާން ބޮލުންނެވެ.

Advertisement

އިތުރު ގޯލެއް ޖަހަން ދެ ޓީމަށް ވެސް ފުރުސަތު އޮތް ނަމަވެސް އެކަން ހާސިލްކުރަން ކުރި އެއްވެސް މަސައްކަތެއް ދިޔައީ ކާމިޔާބުނުވެ އެވެ. އެހެންނަމަވެސް، 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖަޕާން އަތުން ބަލިވި ފަހުން، މެޗަކުން ބަލިނުވެ، މުބާރާތުގައި އެމެރިކާ އިން ކުރިއަށް ގެންދަމުން އަންނަ ރެކޯޑް ވަނީ ދަމަހައްޓައިފަ އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އޮތް އެމެރިކާ އާއި ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށްވާ ޕޯޗުގަލް އާއި ވިއެޓްނާމް ވަނީ ފުރަތަމަ މެޗުތަކުން ބަލިވެފަ އެވެ. ޕޯޗުގަލް އާއި ވިއެޓްނާމް ބައްދަލުކުރާ މެޗު މިއަދު އޮންނާނެ އެވެ.

އިއްޔެ މުބާރާތުގައި ސްޕެއިނާ ޖަޕާން ކުޅުނު މެޗުތަކުން މޮޅުވެ، މި ވަނީ ގަދަ 16 ބުރަށް ދަތުުރުކޮށްފަ އެވެ. އެ ގޮތުން، ސްޕެއިން ވަނީ 5-0 އިން ޒެމްބިއާ ބަލިކޮށްފަ އެވެ. އަދި ޖަޕާނުން ވަނީ ކޮސްޓަ ރިކާ 2-0 އިން ބަލިކޮށްފަ އެވެ.

ޖަޕާނާއި ސްޕެއިން ދެން ކުޅޭ މެޗުގައި ނުކުންނާނީ ގްރޫޕްގެ އެއް ވަނަ ކަނޑައެޅުމަށެވެ. އެ ދެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox