ނިއު ޒީލެންޑް ބަލިކޮޮށް ފިލިޕީންސް އަށް ތާރީހީ މޮޅެއް

Jul 25, 2023, 2:16 PM
ނިއު ޒީލެންޑް ބަލިކޮޮށް ފިލިޕީންސް އަށް ތާރީހީ މޮޅެއް

ވެލިންޓަން، ނިއު ޒީލެންޑް (ޖުލައި 25) - މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ އެއް ހޯސްޓް ކަަމަށްވާ ނިއު ޒިލޭންޑް އަތުން 1-0 އިން މޮޅުވެ، މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ފިލިޕީންސް އިން ތާރީހީ މޮޅެއް މިއަދު ހޯދައިފި އެވެ.

ނިއު ޒިލޭންޑްގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުން ފިލިޕީންސް މޮޅުވީ މެޗުގެ ފުރަތަމަ ހާފުގައި ސަރީނާ ބޯލްޑަން ޖެހި ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ނިޒު ޒީލެންޑް އިން ފިލިޕީންސްގެ ފަހަތަށް ބާރު ބޮޑުކުރިޔަސް، ފިލިޕީންސް އިން ވަނީ އެ ޓީމުގެ ލީޑު ދިފާއުކޮށްފަ އެވެ.

މިއީ، ފީފާ ވޯލްޑް ކަޕެއްގައި ފިލިޕީންސް އަށް ލިބުނު ފުރަތަމަ މޮޅެވެ ފިލިޕީންސްގެ ކޯޗު އެލަން ސްޓަޖްޗިޗް މި މޮޅު ސިފަކުރީ "ފިލިޕީންސްގެ ކުޅިވަރުގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު އެއް މޮޅު"ގެ ގޮތުގަ އެވެ.

"ފިިލިޕީންސްގެ ކުޅިވަރުގެ ތާރީހުގައި މިއަށްުވުރެ ވަކި ބޮޑު މޮޅެއް ލިބުނުހެން ހިޔެއް ނުވޭ،" އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓަޖްޗިޗް ބުންޏެވެ.

"މިއީ ފިލިޕީންސްގެ ކުޅިވަރުގެ ތާރީހުގައި އެންމެ ބޮޑު އެއް މޮޅަށް ވެދާނެ."

ފީފާ ރޭންކިންގައި ފިލިޕީންސް އަށް ވުރެ 20 ދަރަޖަ ކުރީގައި އޮތް ނިއު ޒިލޭންޑަށް މިއީ ގަބޫލްކުރަން ދަތި ނަތީޖާއެކެވެ.

ނިއު ޒީލެންޑްގެ ކޯޗު ޖިޓްކާ ކްލިމްކޯވާ ބުނީ މި ނަތީޖާއާ މެދު ކުޅުންތެރިން ވަރަށް ހިތާމަކުރާ ކަމަށެވެ.

"ކުޅުންތެރިންގެ ލޮލުން ކަރުނަ ފޭބި. އެކަމަކު އަހަރަމެން އަދި މުބާރާތުން ނުކަޓާ. ރެސްޓްކޮށްފައި، ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅެން ތައްޔާރުވާން ވަގުތު އެބައޮތް." ކްލިމްކޯވާ ބުންޏެވެ.

ގުރޫޕް އޭގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްވިޓްޒަލޭންޑެވެ. ނިއު ޒީލެންޑާއި ފިލީޕީންސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ނޯވޭ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox