ނިއު ޒީލެންޑަށް ފުރަތަމަ މޮޅު، އޮސްޓްރޭލިއާގެ ތަރި އަނިޔާގައި

Jul 20, 2023, 9:23 AM
ނޯވޭ ކޮޅަށް ގޯލު ޖެހުމަށް ފަހު ނިއު ޒީލެންޑްގެ ވިލްކިންސަން އުފާފާޅުކުރަނީ

ނޯވޭ ކޮޅަށް ގޯލު ޖެހުމަށް ފަހު ނިއު ޒީލެންޑްގެ ވިލްކިންސަން އުފާފާޅުކުރަނީ

ސިޑްނީ، އޮސްޓްރޭލިއާ (ޖުލައި 20) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިއަދު ފަށާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ކުޅޭ ފުރަތަަަމަ ދެ މެޗު އެ ޓީމުގެ ކެޕްޓަން، ސޭމް ކާ އަށް ގެއްލޭނެ ކަމަށް އޭނާ ބުނެފި އެވެ.

ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި ނިއު ޒީލެންޑުން ވަނީ މިއަދު ފުރަތަމަ މެޗުގައި ނޯވޭ އަތުން 1-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު، 48 ވަނަ މިނިޓްގައި ޖެހީ ހެނާ ވިލްކިންސަން އެވެ.

މިއީ، ވިމެންސް ވޯލްޑް ކަޕެއްގައި ނިއު ޒީލެންޑުން ހޯދި ފުރަތަމަ މޮޅެވެ.

އޮސްޓްރޭލިއާ އިން މިއަދު ކުޅެން އޮތް މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް އެ ޓީމުގެ ތަރި ކާ އަށް އަނިޔާވެފައިވާ ކަމަށް މި ވަނީ މީޑިއާގައި ބުނެފަ އެވެ.

އިނގިރޭސި ކްލަބް ޗެލްސީ އަށް ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ކެޕްޓަން ކާ، އެ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.

ސޯޝަލް މީޑިއާގައި އާންމުކުރި ސްޓޭޓްމަންޓެއްގައި ކާ ބުނެފައިވަނީ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފުރަތަމަ ދެ މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ. އެހެންކަމުން، މިއަދު އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗާއި މި މަހު 27 ވަނަ ދުވަހު ނައިޖީރިއާއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅޭ މެޗު ކާ އަށް ގެއްލޭނެ އެވެ.

"އަނިޔާގައި ހުންނަން ޖެހުނަސް އަހަރެން މި ހުރީ ޓީމާ އެކު،" ކާ ބުންޏެވެ.

ނިއު ޒީލެންޑާއި ނޯވޭ ބައްދަލުކުރި މެޗުގެ ކުރިން ވަނީ މިއަދު ނިއު ޒީލެންޑްގެ އޯކްލޭންޑް ސިޓީގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި މަރުވި ދެ މީހުންނާއި އަނިޔާ ލިބުނު ފަރާތްތަކާ އެކު ތިބިކަމަށް ދައްކުވައިދިނުމުގެ ރަމްޒެއްގެ ގޮތުން ސުކޫތެއް ވަނީ ގެނެސްފަ އެވެ.

ފީފާ އިން ވަނީ ނިއު ޒީލެންޑްގައި ހިނގި މި ހާދިސާއާ ގުޅިގެން ސަލާމަތީ ގޮތުން ޔަގީންކުރަން ޖެހޭ ކަންކަން ވަގުތުން ވަގުތަށް ހަމަޖައްސައި، ބަލަމުން އަންނަ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox