އާބަންކޯ އާއި އެމްޕީއެލް އަދި ގޭސް ކްލަބަށް ވަރުގަދަ ފެށުމެއް

Jul 17, 2023, 5:37 AM
ާއާބަންކޯ ޓީމުގެ އޮންލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ާއާބަންކޯ ޓީމުގެ އޮންލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ކްލަބް އާބަންކޯ އާއި އެމްޕީއެލް އަދި ގޭސް ކްލަބުން ފުރަތަމަ މެޗުތަކުގައި ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

ގްރޫޕް ސީގައި އެލައިޑް އަތުން އިއްޔެ ހަވީރު އެމްޕީއެލް މޮޅުވީ 5-0 އިންނެވެ. އެ ގްރޫޕްގައި ރޭ ކުޅުނު މެޗުން ގޭސް ކްލަބުން ވަނީ 6-2 އިން ކްލަބް ޓީޓީއެސް ބަލިކޮށްފަ އެވެ. ގްރޫޕް ސީގައި އިއްޔެ ހަވީރު، އެމްއޭސީއެލް އަތުން އާބަންކޯ ވަނީ ފަހަތުން އަރައި، 3-1 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ކްލަބް އިމިގްރޭޝަން ވަނީ 3-2 އިން ޕޮލިސް ކްލަބް އަތުން މޮޅުވެފަ އެވެ.

އިއްޔެ ހަވީރުގެ މެޗުގައި އެމްޕީއެލްގެ ގޯލުތައް ޖެހީ އީރާންގެ ކުޅުންތެރިޔާ މަހުދީ ބަހުމާނީ އާއި އަލީ ހައިޝަމް (ޗުމްޕު) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ގޭސް ކްލަބުން ރޭގެ މެޗުގައި ލަނޑުތައް ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) ހަތަރު ގޯލާއި ނާއިފް ޝަފީގު އަދި މުހައްމަދު އަނޫފް އެވެ. ޓީޓީއެސްގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ވިޖާޒު އީސާ ފުޅު އަދި ހުސެއިން ސާމިލް އެެވެ.

އެމްޕީއެލް ޓީމުގެ ހައިޝަމް (ކ) އެލައިޑްގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްއޭސީއެލްގެ އަލީ ސަޖަން އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އާބަންކޯ އިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފަ އެވެ. އާބަންކޯ އަށް އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލަކަށް އަރައި، ޔާމީން މުހައްމަދު އެވެ. އާބަންކޯ މޮޅުވި ގޯލުތައް ޖެހީ މި ފަހަރު އެ ޓީމަށް ގެނައި ދެ ކުޅުންތެރިން ކަމަށްވާ ހުސެއިން ޝަރީފް (އޮންލީ) އާއި އަބްދުﷲ ޝައްފާން (ޝާކާ) އެވެ.

މި ގްރޫޕްގައި ރޭ ކުޅުނު މެޗުގައި އިމިގްރޭޝަން އިން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެ ގޮތުން، އިމިގްރޭޝަނަށް ގޯލުތައް ޖަހަައިދިނީ ސައިފާން އަހުމަދު މަނިކް، އަހުމަދު ޔައިޝް ޔޫޝައު އަދި ހުސެއިން ނިޔާޒް އެވެ. ދެ ވަނަ ހާފުގައި ޕޮލިހުގެ ގޯލުތައް ޖެހީ އަހުމަދު ލޫތު އާއި އަހުމަދު ރިފްޝާން އެވެ.

ގޭސް ކްލަބްގެ ނާއިފް ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ރޭ ޕީއެސްއެމް އަތުން ހޯމް އެފެއާޒް ވަނީ 4-1 އިން މޮޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް، ޓީމު ޕެމާ އިން ވަނީ 7-1 އިން ޔޫތު މިނިސްޓްރީ ބަލިކޮށްފަ އެވެ. ޕީއެސްއެމް ކޮޅަށް ހޯމްއެފެއާޒްގެ ޔައިޝް މުސްތަފާ ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ އަހުމަދު ޝަފްރާޒް މުހައްމަދު އެވެ. ޕީއެސްއެމްގެ ލަނޑު ޖެހީ ހުސެއިން އަމީން ނަސީރު އެވެ. ޓީމު ޕެމާ އިން ޔޫތު މިނިސްޓްރީ ކޮޅަށް ޖެހި ގޯލުތަކުގެ ތެރެއިން ހަތަރު ގޯލު ޖެހީ އައިމަން ތައުފީގު އެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ހަސަން އަދުހަމް އެވެ. ޔޫތު މިިނިސްޓްރީގެ ލަނޑު ޖެހީ އިސްމާއިލް ރިޔާޒު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިއަދު ތިން މެޗެއް އަދި 18/30 ކްލަސިކް ޑިިވިޝަނުގައި މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ ދިވެހި ސިފައިންގެ ކްލަބާއި ފެން ކްލަބް އެވެ. މިރޭ، 20:05 ގައި ފަށާ ދެ މެޗަކީ ޔުނައިޓެޑް ބީއެމްއެލް އާއި ޓްރީޓޮޕްގެ މެޗާއި އާސަންދަ އާއި ޕްރިޒަން ކްލަބް ކުޅޭ މެޗެވެ. އެ އަށް ފަހު، 21:30 ގައި ކުޅޭނީ 18/30 ކްލަސިކް ޑިވިޝަނުގައި ހުޅުމާލެ ހޮސްޕިޓަލް އާއި ޕްރިޒަން ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox