ލާޒިއޯގެ މިލިންކޮޮވިޗް-ސަވިޗް ސައުދީގެ އަލް-ހިލާލަށް ސޮއިކޮށްފި

Jul 13, 2023, 10:25 AM
ލާޒިއޯގެ މިލިންކޮޮވިޗް-ސަވިޗް ސައުދީގެ އަލް-ހިލާލަށް ސޮއިކޮށްފި

ރިޔާދު، ސައުދީ އަރަބިއްޔާ (ޖުލައި 13) - ލާޒިއޯ އަށް ކުޅެމުން އައި ސާބިއާގެ މިޑްފީލްޑަރު، ސާގޭއި މިލިންކޮވިޗް-ސަވިޗް، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް-ހިލާލް އަށް ސޮއިކޮށްފި އެވެ.

އަލް-ހިލާލް އިން ވަނީ މީގެ ކުރިން، ވުލްވްސްގެ ކެޕްޓަން، ރުބެން ނެވޭސް އާއި ޗެލްސީގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީގެ ސޮއި ވެސް ހޯދައިފަ އެވެ. މިލިންކޮވިޗް-ސަވިޗް، 28، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، އޭނާ ހޯދަން، އަލް-ހިލާލް އިން ވަނީ ލާޒިއޯ އަށް 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.

ނެވޭސް، މިލިންކޮވިޗް-ސަވިޗް އަދި ކުލިބާލީ ގަންނަން ޖުމްލަ އެކު، އަލް-ހިލާލް އިން ވަނީ 100 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އަލް-ހިލާލް އަކީ ސައުދީ ފުޓްބޯޅައިގެ އިތުރުން އޭޝިއާ ފުޓްބޯޅައިގެ ވެސް ގަދަ ބާރެެކެވެ. އެ ގޮތުން، އަލް-ހިލާލް އިން ވަނީ ސައުދީ ލީގު 18 ފަހަރު ހޯދުމުގެ އިތުރުން އޭޝިއަން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ސާބިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު، މިލިންކޮވިޗް-ސަވިޗް ވަނީ ލާޒިއޯގައި ހޭދަކުރި އަށް އަހަަރަށް ބަލާއިރު، މިދިޔަ އަހަރުތަކުގައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ ލާޒިއޯ އަށް 341 މެޗުން 69 ގޯލު ޖަހައިދީފަ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ސައުދީ ކްލަބްތަކަށް އައި ކުޅުންތެރިންނަށް ބަލާއިރު، އަލް އިއްތިހާދުން ވަނީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭ އަދި ސެލްޓިކްގެ ޖޮޓާގެ ސޮއި ހޯދައިފަ އެެވެ. އަލް އަހްލީ އިން ވަނީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި ޗެލްސީގެ އެޑޮއާޑް މެންޑީގެ ސޮއި ހޯދައިފަ އެވެ. އަދި އަލް ނަސްރުން ވަނީ އިންޓަ މިލާނުގެ މާސެލޯ ބްރޮޒޮވިޗް ގަނެފަ އެވެ.

ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި ފަބީނިއޯ ވެސް ސައުދީގެ ކްލަބްތަކާ ވާހަކަ ދައްކަމުން އަންނަކަމަށް ރިޕޯޓްތައް ބުނެ އެވެ. ހެންޑަަސަން އަށް ފުރުސަތު އޮތީ ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ އަލް އިއްތިފާގުންނެވެ. އަދި ފަބީނިއޯ އަށް އަލް އިއްތިހާދުގެ ހުށަހެޅުން ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox