ޕީއެސްޖީއާ ގުޅުނު ފަސް ވަނަ ކުޅުންތެރިއަކީ ލޫކަސް ހެނާންޑޭޒް

Jul 9, 2023, 2:35 PM
ޕީއެސްޖީއާ ގުޅުނު ފަސް ވަނަ ކުޅުންތެރިއަކީ ލޫކަސް ހެނާންޑޭޒް

ޕެރިސް (ޖުލައި 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީއާ ގުޅުނު ފަސް ވަނަ ކުޅުންތެރިއަކަށް ބަޔާން މިއުނިކަށް ކުޅެމުން އައި ފުލްބެކް، ލޫކަސް ހެނާންޑޭޒް ވެއްޖެ އެވެ.

ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖައްސައި، ޕީއެސްޖީ ވަރުގަދަ ކުރަން މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ޓީމުން ވަނީ މިހާތަނަށް ސްޕޯޓިން ލިޒްބަންގެ މެނުއަލް އުގާޓޭ، އިންޓަ މިލާންގެ މިލާން ސްކްރިނިއޭ، ރެއާލް މެޑްރިޑްގެ މާކޯ އަސެންސިއޯ އަދި ރެއާލް މަޔޯކާ އަށް ކުޅޭ ދެކުނު ކޮރެއޭގެ ލީ ކަންގް-އިންގެ ސޮއި ހޯދައިފަ އެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ފަހު ބައި ގެއްލުނު، ލޫކަސް ހެނާންޑޭޒް، ޕީއެސްޖީއާ އެކު ސޮއިކޮށްފައިވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެކެވެ. ހެނާންޑޭޒް، 27، ގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ފްރާންސް އިން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން މި ޑީލަށް ޖުމްލަ އެކު ދައްކާނީ 44 މިލިއަން ޑޮލަރެވެ. މީގެ ހަތަރު އަހަރު ކުރިން، ބަޔާނުން ލޫކަސް ހެނާންޑޭޒް ގަތީ އެތުލެޓިކޯ މެޑްރިޑަށް 80 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

ޕީއެސްޖީން އަންނަނީ އެ ޓީމުގައި ތިބި ބައެއް ތަރިންގެ މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަން މަޝްވަރާތަކެއް ވެސް ކުރަމުންނެވެ. އެ ގޮތުން، ޕީއެސްޖީގެ ފްރާންސް ތަރި، ކީލިއަން އެމްބާޕޭ، އަންނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރިއިރު، އެ ޓީމާ އެކު އޭނާ މި ފަަހަރު އާ އެއްބަސްވުމެއްގައި ސޮއިނުކޮށްފިނަމަ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox