އިނގިރޭސިން 40 އަކަށް އަހަރު ފަހުން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފި

Jul 9, 2023, 4:21 AM
އިނގިރޭސިން 40 އަކަށް އަހަރު ފަހުން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފި

ބަޓޫމީ، ޖޯޖިއާ (ޖުލައި 9) - ރުމޭނިއާ އާއި ޖޯޖިއާގައި ހޯސްޓްކުރި 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސިން (އިންގްލެންޑް އިން) ހޯދައިފި އެވެ.

އިންގްލެންޑުން މި މުބާރާތުގެ ތަށި އުފުލާލާފައިވަނީ ރޭ ކުުޅުނު ފައިނަލް މެޗުގައި 1-0 އިން ސްޕެއިން ބަލިކުރުމަށް ފަހު އެވެ. މިއީ، 1984 ވަނަ އަހަރުގެ ފަހުން، މި ވޭތުވެދިޔަ 40 އަކަށް އަހަރުތެރޭ އިންގްލެންޑުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަަހަރު އެވެ. އިންގްލެންޑުން ވަނީ 1982 ވަނަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ރޭގެ ފައިނަލުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި އިންގްލެންޑްގެ ކޯލް ޕާމާ ޖެހި ހިލޭ ޖެހުން އެ ޓީމުގެ ކާޓިން ޖޯންސް ފައިގައި ޖެހިފައި ވަނީ ގޯލަށެެވެ. އެ ބޯޅަ ހުއްޓުވަން ސްޕެއިންގެ ކީޕަރު، އާނައު ޓެނިއާސް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ފަހު ވަގުތު ޕެނަލްޓީ މަތަކުރުމަށް ފަހު ޓްރަފޯޑް (ވ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާކުރަނީ.--- ފޮޓޯ: އޭއެފްޕީ

އިންގްލެންޑް ރޭ ސަލާމަތްވީ ކިރިޔާ އެވެ. އެ ގޮތުން މެޗުގެ އިތުރު ވަގުތުގައި ސްޕެއިން އަށް ވަނީ ނަތީޖާ ހަމަހަމަކުރަން ޕެނަލްޓީ އެއް ލިބިފަ އެވެ. އެ ގޮތުން އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ސްޕެއިންގެ އަބެލް ރުއީޒް ފޮނުވާލުމުން އިނގިރޭސި ކީޕަރު ޖޭމްސް ޓްރަފޯޑް ވަނީ މަތަކޮށްފަ އެވެ.

މި މުބާރާތުގައި 13 ގޯލު ޖެހި ރުއިޒްގެ ޕެނަލްޓީ ޓްރަފޯޑް މަތަކުރިއިރު، މުބާރާތުގައި އޭނާ ހުރި ގޯލަށް ކުޅުނު ހަ މެޗުގައި ވެސް ބޯޅައެއް ވަދެފައިނުވެ އެވެ. އިންގްލެންޑަކީ ބައިކޮޅަށް ގޯލެއް ނުވަދެ މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.

މި ވަގުތު މެންޗެސްޓާ ސިޓީގައި ހުރި ކީޕަރު ޓްރަފޯޑް، 20، އަންނަ ސީޒަނުގައި ފެންނާނީ ބާންލީ އިންނެވެ. ބާންލީން ވަނީ 25 މިިލިއަން ޑޮލަރުގެ ފީއެއް ދައްކައި، ޓްރަފޯޑް ގަންނަން ނިންމައިފަ އެވެ. މި ޑީލާ އެކު ޓްރަފޯޑް ވެގެންދާނީ އިނގިރޭސި ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ކީޕަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox