ހަންގޭރީގެ ތަރި ސޮބޮސްލާއި ލިވަޕޫލަށް

Jul 1, 2023, 2:15 AM
ހަންގޭރީގެ ތަރި ސޮބޮސްލާއި ލިވަޕޫލަށް

ލައިޕްޒިގު، ޖަރުމަނު (ޖުލައި 1) - ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ހަންގޭރީގެ ތަރި، ޑޮމިނިކް ސޮބޮސްލާއި، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ބަދަލުވާން ނިންމައިފި އެވެ.

ހަންގޭރީ ގައުމީ ޓީމަށް ކުޅޭ 22 އަހަރުގެ ސޮބޮސްލާއި ގަންނަން ލިވަޕޫލުން ޖުމްލަ އެކު، 76 މިލިއަން ޑޮލަރު ލިވަޕޫލުން، ލައިޕްޒިގަށް ދައްކާނެ އެވެ. މިއީ، ސޮބޮސްލާއިގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ އެވެ.

ރެޑްބުލް ސަލްޒްބާގް ދޫކޮށް، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ލައިޕްޒިގަށް ސޮއިކުރި ސޮބޮސްލާއި ވަނީ ލައިޕްޒިގަށް ކުޅުނު 91 މެޗުން 20 ގޯލު ޖަހައި، 21 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. މިދިޔަ ސީޒަނުގައި ލައިޕްޒިގުން ޖަރުމަނު ކަޕް ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބުކުރި ފައިނަލުގައި ސޮބޮސްލާއި ގޯލު ޖެހި އެވެ.

ސޮބޮސްލާއިގެ އަގުބޮޑުވުމުން ލިވަޕޫލުން އޭނާ ހޯދުމުގެ ރޭހުން ބޭރުވާނެ ކަމަށް ބެލެވިފައިވަނިކޮށް، އެ ޓީމުން މިހާރު މި ވަނީ އެ ޑީލް ނިންމަން އެއްބަސްވުމަކަށް އަތުވެފަ އެވެ. ސޮބޮސްލާއި ވެގެންދާނީ މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން ސޮއިކުރާ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ލިވަޕޫލުން ވަނީ ބްރައިޓަން އަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާގެ ސޮއިހޯދައިފަ އެވެ.

ލިވަޕޫލުން ވަނީ އެ ޓީމަށް ކުޅެމުން އައި ޕޯޗުގީސް ވިންގް، ފަބިއޯ ކަވާލިއޯ ލޯނަކަށް ލައިޕްޒިގަށް ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox