ޕީއެސްޖީގެ ކޯޗަކަށް އެންރީކޭ ހަމަޖައްސަނީ

Jun 19, 2023, 3:04 PM
ޕީއެސްޖީގެ ކޯޗަކަށް އެންރީކޭ ހަމަޖައްސަނީ

ޕެރިސް (ޖޫން 19) - ޕީއެސްޖީގެ ކޯޗުކަމުން ކްރިސްޓޯފް ގަލްޓިއޭ ވަކިކޮށް، އެ މަގާމު ސްޕެއިންގެ ލުއިސް އެންރީކޭއާ ހަވާލުކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕީއެސްޖީގެ ކޯޗުކަމާ މިދިޔަ ސީޒަންގައި ހަވާލުވި ގަލްޓިއޭ، 56، އެ މަގާމުން ވަކިކުރަން ނިންމާފައިވާކަން ޕީއެސްޖީ އަދި އިއުލާނު ނުކުރިޔަސް، ގަލްޓިއޭގެ މަގާމު ގެއްލޭނެކަން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާޖެންޓީނާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯގެ ބަދަލުގައި ޕީއެސްޖީގެ ކޯޗުކަން ހަވާލުކުރި ގަލްޓިއޭއާ މެދު އެ ކްލަބުން ބޮޑެތި އުންމީދުތަކެއް ކުރި ނަމަވެސް، މިދިޔަ ސީޒަންގައި އެ ޓީމުން އުންމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބުނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޕީއެސްޖީ ކެޓިއިރު، ފްރާންސް ލީގު ވެސް ކާމިޔާބުކުރެވުނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު ސްޕެއިންގެ ކޯޗުކަމުން ވަކިވި އެންރީކޭ، 53، ވަނީ މީގެ ކުރިން ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރޯމާ އަށް ވެސް ކޯޗުކޮށްދިން އެންރީކާ ހޯދަން ޗެލްސީން ވެސް މަސައްކަތް ކުރި ނަމަވެސް މިދިިޔަ ސީޒަންގެ މެދުތެރެއިން އެ ޓީމަށް ދޭން އެންރީކޭ ބޭނުމެއްނުވި އެވެ.

އެންރިކޭ ކޯޗަކަށް ގެންނަން ޕީއެސްޖީން ނިންމީ ބަޔާން މިއުނިކުން މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ވަކިކުރި ކޯޗު ހޫލިއަން ނާގަލްސްމަންއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުންނެވެ.

އަގުބޮޑުކޮށް، ގިނަ ތަރިންތަކެއް ގެނެސްގެން ފާއިތުވި ސީޒަންތަކުގައި އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން ޕީއެސްޖީން ދަނީ އެ ކްލަބުގެ ޕޮލިސީ ބަދަލުކުރުމަށް ވިސްނަމުންނެވެ. އެގޮތުން، ތަރިންތަކެއް ގެނެސްގެން ޓީމެއް ހެދުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް އޮންނާނެ ވަރުގަދަ ޓީމެއް ބިނާކުރުމަށް އެ ކްލަބުން ޕޮލިސީ ބަދަލުކުރުމުގެ ވިސްނުންތަކެއް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox