ބޮޑީބޯޑިން ގައުމީ ލީގާ އެކު ވާދަވެރިކަން ބޮޑުވެއްޖެ: އާމިން

ގައުމީ ބަނޑުފިލާ ޗެލެންޖްގެ ތެރެއިން އާމިން: އާމިން ވަނީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައި ތަފާތު ދައްކައި ދުނިޔޭގެ ޖޫނިއާ ރޭންކިންގައި ވެސް ބޮޑު ކުރިއެރުމެއް ހޯދާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބަނޑުފިލާ ޗެލެންޖްގެ ތެރެއިން އާމިން: އާމިން ވަނީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައި ތަފާތު ދައްކައި ދުނިޔޭގެ ޖޫނިއާ ރޭންކިންގައި ވެސް ބޮޑު ކުރިއެރުމެއް ހޯދާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މިދިޔަ އަހަރު ފެށި ގައުމީ ބޮޑީބޯޑިން ލީގުގެ ސަބަބުން ރާއްޖޭގައި ބޮޑީބޯޑަރުންގެ ވާދަވެރިކަން ކުރިއަށް ވުރެ ބޮޑުވެއްޖެ ކަމަށް ގައުމީ ޖޫނިއާ ޗެމްޕިއަން، އާމިން އުމަރު މޫސާ ބުނެފި އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޕޯސްޓަރު ލޯންޗް ކުރުމާއި ބޮޑީބޯޑިން ލީގުގެ މައުލޫމާތު ގެނެސްދިނުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން އާމިން ބުނީ މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގު މިދިޔަ އަހަރަށް ވުރެ ފޯރިގަދަވާނެ ކަމަށެވެ.

"މާ ވާދަވެރިވާނެ ކަމަށް ހިތަށް އަރާ. އެއީ ވަރަށް ގިނަ އެތުލީޓުން އެބަ ފެނޭ ކުރިން އަހަރާ ބަލާއިރު ވަރަށް ބޮޑުތަން ތަފާތު މަސައްކަތް ކުރާ ރޭޓާ އެއްޗެހި، ދެން ވެސް ތިބީ ވަރަށް މޮޅުވާން ހިފާ ކުޑަ އެތުލީޓުން އިޔަން މެން ކަހަލަ، ޖޫނިއާ ޑިވިޝަން ވެސް ދެން މެންސް އޯޕަންސް ވެސް މި އޮތީ ވަރަށް ވާދަވެރިކޮށް،" މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އާމިން ބުންޏެވެ.

"ލީގެއް ގޮތުގައި އޮންނާތީ، އެންމެން ވެސް ހުރިހާ އިވެންޓެއްގައި ބައިވެރިވެގެން. މޮޅުވެވޭނެކަން އެނގޭ ދެން އިވެންޓް ވެސް މަދުވީމަ، ކޮމްޕެޓިޓިވް، ލީގު ތައާރަފް ކުރީމަ ބޮޑީބޯޑިން ފެންނަ ގޮތް ވަރަށް ކޮމްޕެޓިޓިވް،"

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތް، ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ފައިނަލުގައި ވާދަކުރި އާމިން ބުނީ ބޮޑީބޯޑިން ސީޒަން ލީގެއްގެ ފޯމެޓްގައި އިންނާތީ އެތުލީޓެއް ގޮތުގައި މި އިންނަނީ މުޅި އަހަރުގެ ޗެމްޕިއަންކަން ނެގުމުގެ ވިސްނުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާމިން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ވާގޮތަކީ ހުރިހާ އިވެންޓަކަށް ވެސް އެއްވަރަކަށް އެބަޖެހޭ މަސައްކަތްކުރަން، ފޯކަސް ކުރަން. ހުރިހާ އެތުލީޓުން ވެސް އެ މެންޓާލިޓީ އިންނާތީ ވަރަށް ވާދަވެރިކޮށް ކޮންމެ މުބާރާތެއް ވެސް ދަނީ، އެހެންވީމަ އެއްބައި އެތުލީޓުން ވަކި މުބާރާތަކަށް ފޯކަސް ކުރުން މިހާރު ނެތް، ހުރިހާ މުބާރާތަކަށް ވެސް އެންމެން ވަރަށް ފޯމުގައި މި ތިބެނީ،" ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ތިން ވަނަ އަށް ޖެހިލި އާމިން ބުންޏެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ މުބާރާތެއް ވަނީ ޏ. ފުވައްމުލަކާއި ކ. ތުލުސްދޫގައި ބާއްވަން ތާވަލުކޮށްފަ އެވެ. އާމިން ބުނީ ތަފާތު ސަރަަހައްދުތަކަށް މި ގޮތަށް މުބާރާތް ގެންދިއުމުން އޭގެ ފައިދާކުރާނެ ކަމަށެވެ.

"މި ފަހަރު ފުވައްމުލަކާއި ތުލުސްދޫ އިންނާތީ ވަރަށް ތަފާތުވާނެ ކަމަށް މި ބަލަނީ. ފުވައްމުލަށް އެއީ ރާއްޖޭގައި އިންނަ އެހެން ރާޅުތަކާ ބަލާފައި ތަފާތު ރާޅެއް، އަދި އެ ރާޅުގައި ނުއެއް އެޅޭ އެހެންވީމަ އޭގަ އަޅަން ވަރަށް ލުކް ފޯވާޑް ކުރެވޭ. ދެން ތުލުސްދޫގަ އިންނަނީ ރާއްޖޭގެ އެންމެ ރީތި ރާޅުކަމަށްވާތީ ވަރަށް ތަފާތު ޕާފޯމަންސް ފެންނާނެ ކަމަށް މި ބަލަނީ،" ރާޅާއެޅުމުގެ އިތުރުން ފުޓްބޯޅައިގައި ވެސް ކާމިޔާބީތަކެއް ހާސިލްކުރަމުން އަންނަ އާމިން ބުންޏެވެ.

ބޮޑީބޯޑިން ލީގުގެ ފުރަތަމަ މެޗު އޮންނާނީ މި މަހު 17-23 އަށް މާލޭ ރާޅުގަނޑު ސަރަހަައްދުގަ އެވެ. ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު މިހާރު ބާއްވަން ނިންމާފައިވަނީ 21-29 ސެޕްޓެމްބަރުގަ އެވެ. ފުވައްމުލަކުގައި ބާއްވާ މި މުބާރާތް ކުރިން މިމުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ޖޫން 21-30 އަށެވެ. ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ކ. ތުލުސްދޫގައި ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 13-21 އަށެވެ. ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު ބާއްވަން ނިންމާފައިވާ އާ ތާރީހަކީ ނޮވެމްބަރު 12 އިން ޑިސެމްބަރު އެކަކަށެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ މޯލްޑިވްސް ޕްރޯ މުބާރާތް އޮންނާނީ އޮގަސްޓް 3-12 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox