ޔުނައިޓެޑް ބަލިކޮށް ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފި

Jun 4, 2023, 2:37 AM
ޔުނައިޓެޑް ބަލިކޮށް ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ލަންޑަން (ޖޫން 4) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ރޭ އިލްކާއި ގުންޑޮގާންގެ ދެ ގޯލާ އެކު، 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ސިޓީން އެފްއޭ ކަޕް ކާމިޔާބުކުރި ހަތް ވަނަ ފަަހަރެވެ.

މި ކާމިޔާބާ އެކު މި ސީޒަނުގައި ތިން ތަށި ހޯދުމަށް ސިޓީން ކުރާ އުންމީދުތަކަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. ސިޓީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އެފްއޭ ކަޕްގެ ތަށި ވެސް މި ވަނީ ހޯދައިފަ އެވެ. ޔުނައިޓެޑުން 1999 ވަނަ އަހަރު ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކޮށްގެން ހެދި ރެކޯޑާ ހަމަކުރަން ސިޓީން ދެން ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މި މަހު 10 ވަނަ ދުވަހު އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން 13 ސިކުންތު ތެރޭގައި ސިޓީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ސިޓީގެ ކެޕްޓަން، ގުންޑޮގާން އެވެ. އެފްއޭ ކަޕްގެ ފައިނަލެއްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލު ޖަހާފައިވަނީ ރޭގެ މެޗުގައި ގުންޑޮގާން އެވެ. އެ ގޮތުން، ގުންޑޮގާން ވަނީ އޭރިއާބޭރުން ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މީގެ ކުރިން އެފްއޭ ކަޕް ފައިނަލެއްގައި އެންމެ އަވަސް ގޯލެއް ޖެހީ 2009 ވަނަ އަހަރު އެވަޓަންގެ ފޯވާޑް ލުއީސް ސަހާ، 25 ވަނަ ސިކުންތުގައި ޗެލްސީ ކޮޅަށެވެ.

ލަނޑު ޖެހުމަށް ފަހު ގުންޑޮގާން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން އެއްވަރުުކުރީ 33 ވަނަ ސިކުންތުުގައި ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް ވައްދާލި ގޯލުންނެވެ. މިއީ ސިޓީގެ ޖެކް ގްރީލިޝް އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުނު ކަމަށް ބަލައިފައި ދިން ޕެނަލްޓީ އެކެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން މި ޕެނަލްޓީގެ ނިންމުމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މި މެޗުން ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ 51 ވަނަ މިނިޓްގައި ގުންޑޮގާން އެވެ. ހިލޭ ޖެހުމަކުން ސިޓީގެ ކެވިން ޑި ބްރޭނާ ނަގައިދިން ބޯޅަ އޭރިއާ ރޮނގުކައިރީގައި ހުރެފައި، ގުންޑޮގާން ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. ބޯޅައިގައި މާ ބޮޑު ބާރެއް ނެތް ނަަމަވެސް، ރަނގަޅު ތަނަށް ފޮނުވާލުމުން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް އެ ބޯޅަ ނުހުއްޓުވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox