ރާއްޖެ، އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެއް ގްރޫޕަކަށް

May 26, 2023, 5:51 AM
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ކުރިއަށްގެންދާ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ކުރިއަށްގެންދާ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އަންނަ އަހަރު ގަތަރުގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ އާއި އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު 6-12 އަށް ޗައިނާގައި ކުރިއަށްދާ ކޮލިފައިން މެޗުތަކުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު، މި ގްރޫޕުން އެއް ވަނަ އަށް އަންނަ އަހަރު އޭޕްރީލް މަހު ގަތަރުގައި ބާއްވާ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން، ކޮންމެ ގްރޫޕެއްގެ ދެ ވަނަ އަށް ދާ ޓީމަކަށް ވެސް އަންނަ އަހަރު ގަތަރުގައި ބާއްވާ އޭޝިއާ 23 އަހަރުން ދަށުގެ މުބާރާތަށް ދިއުމުގެ ފުރުސަތެއް އޮންނާނެ އެވެ. އެއީ ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ރާއްޖޭގެ ޒުވާން ޓީމުން، ޗައިނާގައި ކުޅޭ ކޮލިފައިން މެޗުތަކުގެ ޝެޑިއުލަށް ބަލާއިރު، ރާއްޖޭން ސެޕްޓެމްބަރު ހަ ވަނަ ދުވަހު އިންޑިއާއާ ބައްދަލުކުރާނެ އެވެ. އޭގެ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ޔޫއޭއީއާ ކުޅުމަށް ފަހު 12 ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާނެ އެވެ.

އާންމު ގޮތެއްގައި، 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދެނީ ސީނިއާ ގައުމީ ޓީމުގެ ކޯޗެވެ. ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރީ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި މި ވަގުތު ރާއްޖޭން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 21 އިން ޖުލައި 4 އަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ކުރަމުން އަންނަ 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި 23 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނެ އެވެ.

ރާއްޖޭން އެންމެ ފަހުން އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނީ 2021 ވަނަ އަހަރު އެވެ. އެއީ ބަހްރޭނާއި އިރާގާއި ރާއްޖެ އަދި އަފްގާނިސްތާން އެއް ގްރޫޕެއްގައި އޮތް ފަހަރެކެވެ. އެކަމަކު، އަފްގާނިސްތާން މުބާރާތުން ނަން ނެގުމުން، ރާއްޖޭން ކުޅުނީ ބަހްރޭނާއި އިރާގާ ދެކޮޅަށެވެ. އިރާގުން 4-0 އިން ރާއްޖެ ބަލިކުރިއިރު، ބަހްރޭނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox