ސާފްގެ ކުރިން ބަންގްލަދޭޝުން ކެމްބޯޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ކުޅެނީ

May 24, 2023, 8:51 AM
މިދިޔަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ބަންގްލަދޭޝް އިން ނެރުނު ފުރަތަމަ އެގާރަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ބަންގްލަދޭޝް އިން ނެރުނު ފުރަތަމަ އެގާރަ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކެމްބޯޑިއާއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެން ބަންގްލަދޭޝް އިން ނިންމައިފި އެވެ.

އަންނަ މަހު ސާފް ޗެމްޕިއަންޝިޕް އޮންނާނީ ޖޫން 21 އިން ޖުލައި ހަތަރަކަށެވެ. މި ފަހަރުވެ މުބާރާތުގައި ސާކްގެ ހަ ގައުމަކުންނާއި ސާކުން ބޭރު ދެ ގައުމަކުން ވާދަކުރެ އެވެ. ގްރޫޕް އޭގައި ހިމެނެނީ ކުވެއިތު، އިންޑިއާ، ނޭޕާލް އަދި ޕާކިސްތާނެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ރާއްޖެ، ލެބަނަން، ބޫޓާން އަދި ބަންގްލަދޭޝް އެވެ.

މުބާރާތަށް ގިނަ ޓީމަތަކުން ތަައްޔާރީތައް ފަށާފައިވާއިރު އެކި ގައުމުތަކުން އަންނަނީ ގައުމުން ބޭރުގައި ތަމްރީން ކޭމްޕްތައް ކުރުމަށްވެސް ތައްޔާރު ވަމުންނެވެ.

ދާދި ފަހުން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެގައުމުގެ ތައްޔާރީތައް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލްތައް ހާމަކޮށްފަ އެވެ. އެ ގޮތުން އެގައުމުން ތަމްރީންތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ކުރީކޮޅުގަ އެވެ. ސަބަބަކީ މިވަގުތު އެގައުމުގެ ލީގުގެ މެޗުތައް ކުރިއަށްދިޔުމެވެ.

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފަށާނީ ޖޫން ހަތަރެއްގަ އެވެ. އޭގެ ފަހުން ޖޫން 10 ގައި އެޓީމް ކެމްބޯޑިއާ އަށް ފުރާނެ އެވެ. އެ ގައުމުގައި ތަމްރީންތައް ކޮށް ޖޫން 15 ގައި ކެމްބޯޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ. ބަންގްލަދޭޝް ޓީމު އިންޑިއާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ޖޫން 16 ގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޓީމްގެ ކުޅުން ރަނގަޅު ކުރުމަށް އެގައުމުގެ ފުޓްބޯޅަ އިދާރާއިން ވަނީ ސްޕެއިން ކޯޗު ހާވިއޭ ކަބްރޭރާގެ އެހީތެރިންގެ ގޮތުގައި ސްޕެއިންގެ ކޯޗެއްވެސް ގެންނަން ނިންމައިފަ އެވެ. ގޯލްކީޕަރު ޓްރެއިނަރާއި ޓީމްގެ ފިޒިއޯއަކަށް ވެސް ސްޕެއިންގެ އާ ދެ ކޯޗުން މިހާރުވަނީ ހަމަޖައްސައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޓީމްތަކުން މިހާރު ކުރަން ނިންމާފައިހުރި ކަންކަމަށް ބަލާއިރު ނޭޕާލުން އަންނަ މަހު ކޭމްޕްކުރުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގަ އެވެ. އިންޑިއާ އިން އެގަ އުމުގައި އެކުވެރިކަމުގެ ފުޓްބޯޅަ މުބާރާތެއް ކުޅޭއިރު، ޕާކިސްތާނުން ވެސް މޮރީޝަސްގައި އޮންނަ ފޯ ނޭޝަންސް ކަޕެއްގައި ވާދަކުރާނެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުން ޕްރެކްޓިސްތައް މި ދިޔަ އާދިއްތަ ދުވަހު ފެށިއިރު ގައުމީ ޓީމު އިތުރު ތަމްރީންތަކަށް އަންނަ މަހުގެ ފަސް ވަނަ ދުވަހު ޖަޕާނަށް ފުރާނެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމުން އިންޑިއާއަށް ދާނީ ޖަޕާނުގެ ތަމްރީން ކޭމްޕް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox