މަސައްކަތް ރަނގަޅު، މެޗު މެނޭޖް ކުރަން ދަސްކުރަންޖެހޭ: އަންހެން ވޮލީ ޓީމުގެ ކޯޗު

May 23, 2023, 5:04 AM
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ވިޗީފޮން: ޓީމުގެ މަސައްކަތް ފާހަގަކޮށްފައިވޭ.--- ފޮޓޯ: އަދަދު

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ވިޗީފޮން: ޓީމުގެ މަސައްކަތް ފާހަގަކޮށްފައިވޭ.--- ފޮޓޯ: އަދަދު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ކަޒަކްސްތާން އަތުން ބަލިވި މެޗުގައި ރާއްޖެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މަސައްކަތް ރަނގަޅުކަމަށާއި އެހެން ނަމަވެސް، ގޭމް މެނޭޖްކުރަން ވަރަށް ރަނގަޅަށް ދަސްކުރަންޖެހޭ ކަަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު، ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.

ކަޒަކްސްތާން މެޗުގައި ރާއްޖޭން ފުރަތަމަ ސެޓު ފަށައިގެން، ރަނގަޅަށް ލީޑެއްގައި އޮވެ ކުޅުނު ނަމަވެސް ކަޒަކްސްތާނުން ވަނީ މަތީ ލެވަލްގައި ކުޅެން ހޭނިފައިހުރުުމުގެ ތަޖުރިބާގެ ބޭނުހިފައި، 25-16، 25-14 އަދި 25-06 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ކަތުމަންޑޫ ނެޝަނަލް ސްޕޯޓްސް ކޮމްޕެލްކްސްގެ އިންޑޯ ވޮލީ ކޯޓުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖެ ޓީމުގެ މުހިންމު ތަރި، އައިޝަތު މާޖިދާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ވެސް ކުޅެފައިވަނީ ބަލިން އެއްކޮށް ރަނގަޅުނުވެ ހުރެ އެވެ. މިއީ އަސްލު ލެވަލްގައި ކުޅެން ރާއްޖޭގެ ޓީމަށް ދިމާވި ގޮންޖެހުމެކެވެ.

"އަހަރެމެން ފުރަތަމަ ސެޓުގެ ވަކި ހިސާބަކަށް މި ދިޔައީ ވަރަށް ރަނގަޅަށް، މުޅި މެޗުގައި ވެސް އަނެއްހެން މަސައްކަތް ރަނގަޅު މި ދިމާވީ، މެޗު މެނޭޖްކުރުމުގެ މައްސަލަތަކެއް، އެ ވެދާނެ އިދިކޮޅުގައި އޮތް ޓީމު (ކަޒަކްސްތާން) ވަރަށް ވަރުގަދަވެފައި އެ މީހުންނަށް މެޗު ކޮންޓްރޯލް ލިބުނީމަ އަހަރެމެންނަށް ގޯސްތަކެއް ހެދުނީ ކަމަށް،" ތައިލެންޑްގައި ގިނަ އަހަރުތަކެއް ވަންދެން މަތީ ފަންތީގައި ކޯޗިން ތަޖުރިބާތަކެއް ހާސިލްކުރި ވިޗީޕޮން ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ މެޗު ކޮންސަންޓްރޭޝަން (ސަމާލުވާންޖެހޭ މިންވަރު) ބަހައްޓަން ޖެހޭ ވަރަށް ނެތުމުން ވަކި ހާލަތްތަކެއްގައި ކަޒަކްސްތާން އިން ތަޖުރިބާގެ ބޭނުންކޮށްގެން އެޑްވާންޓޭޖް ނެގި ކަމަށެވެ.

އަނެއްކޮޅުން، ރާއްޖެ ޓީމަށް މާޖިދާގެ އަނިޔާ އަށް ފަހު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ކުރިމަތިވި ކަމަށް ވިޗީފޮން ވަނީ ބުނެފަ އެވެ.

"ގޮންޖެހުން ދިމާވި، އެކަމަކު، ވިސްނަންވީ މި ގޮތަށް، ބަދަލުގައި އެ އެރި ޒުވާން ކުޅުންތެރިން ވެސް އެ ލީ ހިތްވަރު، އެ ކުޅުންތެރިންނަށް މިއަދު (އިއްޔެ) އެ ލިބުުނު ތަޖުރިބާގެ އަލީގައި ދެން ކުޅޭ ކޮންމެ މެޗެއް، މެޗަކަށް ފަހު މެޗެއް ދާނީ ރަނގަޅުވަމުން،" ވިޗީފޮން ބުންޏެވެ.

"އަހަރެން މައާފަށް އެދެން، މިއީ (ކަޒަކްސްތާން މެޗުގައި ނުކުތީ) އެންމެ ރަނގަޅު ނަތީޖާއެއް ނޫން، މި އަށް ވުރެ ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެ،"

ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ ވަނަ މެޗުގައި މިއަދު ރާއްޖެ ގަޑިން ހަވީރު 5:45 ގައި ކުޅޭނީ އުޒްބެކިސްތާންއާ އެވެ. އުޒްބެކިސްތާން ވަނީ ފުރަތަމަ މެޗުން އިއްޔެ، ސްރީ ލަންކާ އަތުން ތިން ސެޓުން މޮޅުވެފަ އެވެ. ރާއްޖޭން ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު ލަންކާއާ ބައްދަލުކުރާނެ އެވެ.

ވިޗީފޮން ބުނީ މި ދެ މެޗުގައި ވެސް ކަޒަކްސްތާން މެޗަށް ވުރެ ރަނގަޅަށް ޕާފޯމްކުރެވޭ ވަރަށް ކުޅުންތެރިން ތައްޔާރުވާނެ ކަމާ މެދު ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox