ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފެށީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު

May 22, 2023, 5:21 AM
ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފެށީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު

އެފްއޭއެމް އިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އެންމެ ފުރަތަމަ އިއުލާނުކުރި 40 ކުޅުންތެރިންގެ ސްކޮޑުން، 10 ކުޅުންތެރިން ބާކީވެ، 30 ކުޅުންތެރިންނާ އެކު ރޭ ޕްރެކްޓިސްތައް ފަށައިފި އެވެ.

އަންނަ މަހު 23 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު އިއުލާންކުރީ މިދިޔަ ހަފްތާގަަ އެވެ. ނަމަަވެސް އިއްޔެ ޕްރެކްޓިސް ފެށީ 10 ކުޅުންތެރިން ބާކީކޮށްފަ އެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ކުޅުންތެރިން ޓީމާ ނުގުޅުނީ އަމިއްލަ ސަބަބުތަކެއް ހުރުމުންނެވެ.

ބާކީވި 10 ކުޅުންތެރިންގެ ތެރޭގައި އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ)ގެ އިތުރުން ދެން ހިމެނެނީ އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަސަން ނަޒީމް (ޗޯޓު)، ޔުނައިޓެޑް ވިކްޓަރީގެ ޝިފާން ހަސަން (ޝިފާންޓެ)، ކްލަބު ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހީމް (އަންކޮ) އާއި މުހައްމަދު ޖައިލަމް (އޮގީ)، ބުރު ސްޕޯޓްސް ކްލަބުގެ ފާރޫގު އިސްމާއީލް، މުހައްމަދު ސާއިފް، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ވިޝާހު އަބްދުލް މަޖީދުގެ އިތުރުން ކްލަބު ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އެވެ.

މި ފަހަރުގެ ސްކޮޑުން މުޅިން އަލަށް ޖާގަ ހޯދި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ 17 އަހަރުގެ ފޯވާޑް، ޝަނާން ރަޝީދު، ސަސްގެ އަހުމަދު އައިހަމް (ފަތޯ) އަދި ބުރުގެ އިބްރާހީމް އުސާމާ ހިމެނެ އެވެ.

ގައުމީ ޓީމުން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ޕްރެކްޓިސް ކުރާނީ މާލޭގަ އެވެ. އޭގެ ފަހުން ޖޫން ފަސް ވަނަ ދުވަހު ޖަޕާނަށް ފުރާނެ އެވެ. ޖަޕާންގައި ތަމްރީން ހެދުމަށް ފަހު ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއަށް ފުރާނީ ޖަޕާން މަގުންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ސާފް ސަރަހައްދުން ބޭރުގެ ދެ ޓީމެއް ހިމަނަައިގެން ކުޅޭ ފުރަތަމަ މުބާރާތެވެ. މި ގޮތުން ސާފުން ދައުވަތު ދީގެން ކުވެއިތު އާއި ލެބަނަން މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ.

ރާއްޖެ ހިމެނެނީ ލެބަނަން، ބޫޓާން އަދި ބަންގްލަދޭޝްއާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ، ކުވެއިތު، ނޭޕާލް އަދި ޕާކިސްތާން އެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:

ސަމޫހު އަލީ (ސަަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް

ކުލަބު އީގަލްސް:

މުހައްމަދު ޝަފީއު (ޗެކް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަަޝީދު (ޕޮގްބާ)، ހުމެއިދު ހުސެއިން

ސުޕަ ޔުނައިޓެޑް ސްޕޯޓްސް:

މުހައްމަދު ސަހާއު (ބޭލް)، އަހުމަދު އައިހަމް (އައިހު)، މުހައްމަދު ނިޒާމް (ޕީކޭ)، އަހުނަފް ރަޝީދު (އަހުއްކޮ)

ބުރު ސްޕޯޓްސް ކްލަބް:

އިބްރާހިމް އުސާމާ، މުހައްމަދު ނާއިމް، ޝައިހާން އަލީ

ޔުނައިޓެޑް ވިކްޓަރީ:

އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަލީ ނާޖިހު (ނާޖީ)، ޝަނާން ރަޝާދު

ކުލަބު ވެލެންސިއާ:

އިބްރާހިމް ވަހީދު ހަސަން (އިއްބެ)

ޓީސީ ސްޕޯޓްސް ކުލަބު:

އަހުމަދު މާއިޝް ރަޝީދު (މާއި)

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox