އެމްބާޕޭގެ ގޯލުތަކާ އެކު ޕީއެސްޖީން ޗެމްޕިއަންކަން ހޯދުމާ ގާތަށް

May 22, 2023, 12:11 AM
އެމްބާޕޭގެ ގޯލުތަކާ އެކު ޕީއެސްޖީން ޗެމްޕިއަންކަން ހޯދުމާ ގާތަށް

ޕެރިސް (މެއި 22) - ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު، އޯޒެއާ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން ފްރެންޗް ލީގު ހޯދުމާ ފިޔަވަޅާ ގާތަށް ޖެހިލައިފަ އެވެ.

ލީގުގައި ބާކީ އޮތް ދެ މެޗުން ޗެމްޕިއަންކަން ހޯދަން ޕީއެސްޖީ އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ 11 ވަނަ ފަހަރަށް ލީގު ތަށި ހޯދުމަށެވެ. ފްރެންޗް ލީގު އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ރެކޯޑް މި ވަގުުތު އޮތީ ތިން ޓީމެއް އަތުގަ އެވެ. އެއީ ޕީއެސްޖީ، ސެއިން އެޓިއެން އަދި މާސޭ އަތުގައި ކޮންމެ ޓީމެއް 10 ލީގު ތަށްޓާ އެކު އެވެ. ޕީއެސްޖީން މި ފަހަރު ލީގު ހޯދައިފިނަަމަ އެ ރެކޯޑް މުގުރާލާނެ އެވެ.

މި ވަގުތު ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 36 މެޗުން ވަނީ 84 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލެންސްގެ އޮތީ 36 މެޗުން 78 ޕޮއިންޓެވެ.

އޯޒެއާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުނެގީ އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ، ޕީއެސްޖީގެ ފަބިއަން ރުއީޒް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޖާގަ ހަދައި، އެމްބާޕޭ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ލިއޮނަލް މެސީ ދިން ބޯޅައެއް އެއް ފަަހަރުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ.

މި ސީޒަނުގައި އެމްބާޕޭ، 24، ކުޅުނު 41 މެޗުގެ ތެރެއިން ވަނީ 40 ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ފެށިގެން ހަ މިނިޓް ތެރޭ އޯޒެއާ އިން ވަނީ ގޯލެއް ޖަަހައިފަ އެެވެ. އެ ގޮތުން މެޗުގެ، 51 ވަނަ މިނިޓްގައި އޯޒެއާގެ ލަސީން ސިނަޔޯކޯ ބޯޅަ ހިފައިގެން ވަދެ، ޖެހި ޝޮޓް ގޯލަށް ވަނީ ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަތްދަށުން ގޮހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox