ފައިދާނަގައި ޑޯޓްމަންޑުން ލީގު ހޯދުމާ ގާތަށް

May 21, 2023, 11:44 PM
ޑޯޓްމަންޑްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 22) - ޖަރުމަނު ލީގުގައި ރޭ 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލި އޮއުސްބާގް އަތުން 3-0 އިން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ އާރްބީ ލައިޕްޒިގު އަތުން ބަޔާން މިއުނިކް ބަލިވުމާ އެކު، ޑޯޓްމަންޑަށް ލިބުނު ފުރުސަތުގެ .ބޭނުންހިފައި އެ ޓީމުް މި ވަނީ ލީގުގެ އެއް ވަަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޑޯޓްމަންޑް އެއް ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ލިބިފައިވަނީ 33 މެޗުން 68 ޕޮއިންޓެވެ. ބާކީ ދެ ޓީމަށް ވެސް އެއް މެޗު އޮތްއިރު، ޑޯޓްމަންޑް މޮޅުވެއްޖެނަަމަ، 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލެވޭނެ އެވެ.

އޮއުސްބާގަށް ރޭގެ މެޗުގައި މައްސަަލަ ދިމާވީ އެ ޓީމުގެ ޑިފެންޑަރު، ފެލިކްސް އުޑޮކާއި އަށް މެޗުގެ 38 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ. މިއީ ޑޯޓްމަންޑްގެ ޑޮޮންޔެލް މާލެން އަށް އެންމެ ފަހަތުގައި ހުރެފައި އުޑޮކާއި ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

ޑޯޓްމަންޑުން ލީޑުނެގީ މެޗުގެ 58 ވަަނަ މިނިޓްގައި ސަބެސްޓިއަން އަލެއާ ޖެހި ގޯލުންނެވެ. މިއީ ޑޯޓްމަންޑްގެ ޑޮންޔެލް މާލެން ދިން ބޯޅަ އަކަށް އަރައި، ޖާގަ ހޯދައިގެން، އަލެއާ ޖެހި ގޯލެކެވެ. މެޗުގެ 84 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރެއުސް ޖެހި ބޯޅައެއް އޮއުސްބާގްގެ ކީޕަރު، ތޯމަސް ކޫބެކް އަތުގައި ޖެހިފައި ނުކުތް ވަގުތު އަލެއާ ވަނީ ރީބައުންސް ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ތިން ވަނަ ގޯލު ޖެހީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޔޫލިއަން ބްރަންޑްޓް އެވެ.

ބަޔާނަށް ޖެހިޖެހިގެން 11 ވަނަ ލީގު ތަށި ހޯދުމަށް ދިމާވި ހުރަހަކީ ސީޒަނުގެ މެދުތެރެއިން ކޯޗު ބަދަލުވުމެވެ. އެ ގޮތުން، ސީޒަން ފެށިއިރު، ބަޔާންގައި ހުރި ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ މާޗް މަހު ވަޒީފާއިން ވަކިކޮށްފަ އެވެ. ދެން، އެ ޓީމުން ގެނައީ ޗެލްސީ އާއި ޑޯޓްމަންޑަށް ކުރިން ކޯޗުކޮށްދިން ތޯމަސް ޓުޗެލް އެވެ. އެކަމަކު، ޓުޗެލް އަށް ޓީމު ހަމަޔަކަށް އަޅުވަން އެކަށީގެންވާ ފުރުސަތު ނުލިބޭތީ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox