ނަތީޖާ ނުނެރެވިގެން ހޮންޑާ ކެމްބޯޑިއާ ޓީމުގެ މަގާމު ދޫކޮށްލައިފި

May 11, 2023, 8:06 AM
2022 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ހޮންޑާ ޓީވީ އިންޓަވިއުއެއް ދެނީ.

2022 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ހޮންޑާ ޓީވީ އިންޓަވިއުއެއް ދެނީ.

ޓޯކިޔޯ، ޖަޕާން (މެއި 11) - ކެމްބޯޑިއާ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ހުރެ، ކޯޗުގެ ޒިންމާ ވެސް އުފުލަމުން އައި ޖަޕާނުގެ މަޝްހޫރު ފުޓްބޯޅަ ތަރި، ކެސޫކޭ ހޮންޑާ، އަށް ނަތީޖާ ނުނެރެވި ކެމްބޯޑިއާގެ އެ މަގާމު ދޫކޮށްލަން ޖެހިއްޖެ އެވެ.

ފަސް އަހަރަށް ފަހު ކެމްބޯޑިއާގެ އެ މަގާމު ދޫކޮށްލަން، އުމުރުން 36 އަހަރުގެ ހޮންޑާ ނިންމި އެންމެ ބޮޑު ސަބަބަކީ އަމިއްލަ ގައުމުގައި ހޯސްޓްކުރި ސީ ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި އެކަށީގެންވާ ނަތީޖާ ނުނެރެވި، ގްރޫޕް ސްޓޭޖުން ވެސް ކެޓުމުންނެވެ.

ކޯޗިން ލައިސަންސްތައް ފުރިހަމަނުވާތީ، ކުރިން އޭސީ މިލާނަށް ވެސް ކުޅެފައިވާ ހޮންޑާ، ކެމްބޯޑިއާ ޓީމުގެ ކޯޗެއްގެ ޒިންމާ އަދާކުރަނީ ޓީމު ލިސްޓުގައި މެނޭޖަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުރެ އެވެ.

ކެމްބޯޑިއާ ޓީމު މެނޭޖަރަކަށް ހުރެ ހޮންޑާ އެ ޓީމުގެ ކުޅުންތެރިންނަށް ކޯޗުކޮށްދެނީ.

ބާވީސް އަހަރުން ދަށުގެ ޓީމު ގޮވައިގެން ހޮންޑާ ވަނީ ސީގޭމްސްގައި ކެމްބޯޑިއާ ކުޅުނު ފުރަތަމަ މެޗުން ޓިމޯ ލެސްޓޭ އަތުން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ފިލިޕީންސްއާ އެއްވަރުވެ، ފަހު ދެ މެޗުން އިންޑޮނީޝިއާ އާއި މިޔަންމާ އަތުން ބަލިވެ ކެޓީ އެވެ.

"ކެމްބޯޑިއާގައި މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު ފެށި ޕްރޮޖެކްޓެއް މި އޮތީ ނިމިފައި،" ޓްވިޓާގައި ހޮންޑާ ކުރި ޕޯސްޓެއްގައިވެ އެވެ. "އެންމެ ފަހުން މި ނިމިދިޔަ މުބާރާތުގައި އަހަންނަށް އެކަށީގެންވާ ނަތީޖާތަކެއް ނޫން ނެރެދެވުނީ،"

ރިޕޯޓްތައް ބުނާގޮތުން ހޮންޑާގެ މި ނިންމުމަކީ ކެމްބޯޑިއާގެ ފުޓްބޯޅަ އެސޯސިއޭޝަން އިން ބޭނުންވާތީ އައި ނިންމުމެކެވެ.

ޖަޕާން ގައުމީ ޓީމަށް 98 މެޗު ކުޅުނު ހޮންޑާ ވަނީ ކްލަބް ކެރިއަރުގައި، ޖަޕާނާއި ނެދަލެންޑްސް، ރަޝިއާ، އިޓަލީ، މެކްސިކޯ، އޮސްޓްރޭލިއާ އަދި ބްރެޒިލްގެ ޓީމުތަކަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox