މެސީ ސައުދީ ލީގަށް ދާން ނުނިންމާ ކަމަށް އޭނާގެ ބައްޕަ ބުނެފި

May 10, 2023, 3:35 AM
މެސީ ސައުދީ ލީގަށް ދާން ނުނިންމާ ކަމަށް އޭނާގެ ބައްޕަ ބުނެފި

ޕެރިސް (މެއި 10) - ލިއޮނަލް މެސީ، އަންނަ ސީޒަނުގައި ބޮޑުު މުސާރަ ލިބޭ ކޮންޓްރެކްޓެއްގައި ސައުދީ ޕްރޯ ލީގުގެ ކްލަބަކަށް ކުޅެން ނިންމާފައިވާ ކަމަށް މަޝްހޫރު ނިއުސް އެޖެންސީ "އޭއެފްޕީ" އިން ރިޕޯޓްކޮށްފައިވަނިކޮށް، އެއީ ރަނގަޅު ހަބަރެއް ނޫން ކަމަށް މެސީގެ ބައްޕަ، ޖޯޖް މެސީ ބުނެފި އެވެ.

އަންނަ މަހު 36 އަހަރު ފުރޭ މެސީ މި ވަގުތު ކުޅެމުން އަންނަ ޕީއެސްޖީގައި ހުރި ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މެސީ، ލައްވައި ޕީއެސްޖީން އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ކުރި މަސައްކަތުގައި އަލި މަގެއް ނުފެނެ އެވެ. އަދި ދާދި ފަހުން މެސީ ހުއްދަ ނުހޯދައި، ސްޕޮންސަޝިޕް ދަތުރެއްގައި ސައުދީ އަރަބިއްޔާ އަށް ދިއުމުން، ހުއްދަ ނުހޯދައި، ކުރި ދަތުރެއް ކަމަށް ބުނެ، ޕީއެސްޖީން މެސީ އަށް އަދަބު ދިނެވެ. އެހެންވެ، ދެން، މެސީ ޕީއެސްޖީއާ އެކު ކުރިއަށްނުދާނެކަން ވަނީ ޔަގީންވެފަ އެވެ.

ސައުދީގެ ރިޔާދު އޯލްސްޓާސް އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން: މެސީ (ކ) އަތުން ބޯޅަ ހޯދަން ރޮނާލްޑޯ މަސައްކަތް ކުރަނީ.

ދުނިޔޭގެ ހަބަރު ފަތުރާ އެޖެންސީތަކުގެ ތެރެއިން މަޝްހޫރު، "އޭއެފްޕީ" އިން އިއްޔެ އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ މެސީ އަންނަ ސީޒަނުގައި ސައުދީ ލީގުގައި ކުޅެން ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އެ ގޮތުން، މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ، ސައުދީގެ އަލް ހިލާލްއާ ގުޅޭ ޖުމްލަ ކޮންޓްރެކްޓްގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެ ހުރިހާ ވާހަކަ އަކަށް ހުއްޓުމެއް އައީ މެސީގެ ބައްޕަ، ޖޯޖް މީޑިއާގައި ވާހަކަ ދެއްކުމުންނެވެ. ޖޯޖް ބުނީ މެސީގެ މުސްތަގުބަލާ ގުޅޭ ކަންކަން ފައިނަލް ވާނީ މި ސީޒަން ނިމުމުން ކަމަށާއި އޭގެ ކުރިން އަވަސް އަރުވާލައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މެސީއާ އެންމެ ވާދަވެރި ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ މި ވަގުތު ކުޅެމުން އަންނަނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބް، އަލް ނަސްރު އަށެވެ. ރިޕޯޓްތައް ބުނާގޮތުން ސައުދީ ލީގަށް މެސީ ގެންދަނީ ރޮނާލްޑޯ އަށް ވުރެ ބޮޑު މުސާރައެއް ލިބޭ ގޮތަށެވެ.

ސައުދީ ލީގަށް މެސީ ބަދަލުވާނެ ކަމަށް ގިނަ މީޑިއާތަކުގައި އަޑުފެތުރިފައިވާއިރު، ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ ލަލީގާއާ އެކު މަޝްވަރާތަކެއް ކޮށްގެން އަލުން މެސީ ގެނެވޭތޯ އޮތް ފުރުސަތުތައް އޮޅުންފިލުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox