ބްރެމެން ބަލިކޮށް ބަޔާން ހަމަޖެހިލައިފި

May 7, 2023, 4:52 AM
ބްރެމެން ބަލިކޮށް ބަޔާން ހަމަޖެހިލައިފި

މިއުނިކް (މެއި 7) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން ވާޑާ ބްރެމެން 2-1 އިން ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ ކުރީގައި ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.

ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާނަށް 31 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 30 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑުން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ބަޔާންގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.

ލީގުގެ ތިން ވަނައިގައި އޮތީ ފްރައިބާގް ދަނޑުގައި 1-0 އިން މޮޅުވި، އާރްބީ ލައިޕްޒިގު އެވެ. ލައިޕްޒިގަށް ވަނީ 31 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ބަޔާންގެ ޔޯސުއާ ކިމިކް ނެގި ހިލޭ ޖެހުމެއް ޖަހަން އެރި ބެންޖަމިން ޕަވާޑް ބޮލުން ފޮނުވާލި ބޯޅަ ބްރެމެން ކީޕަރު ޖިރީ ޕަވަލެންކާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 55 ވަނަ މިނިޓްގައި ބަޔާންގެ ސާޖް ގްނަބްރީ ދިން ބޯޅައަކުން ސަޑިއޯ މާނޭ ހުސްކޮށްހުރެފައި ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ހަ މިނިޓް ފަހުން، ބްރެމެން އޭރިއާތެރެއިން ލިބުނު ބޯޅައެއް ހޯދައި، ގްނަބްރީ ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 71 ވަނަ މިނިޓްގައި ލެރޯއި ސާނޭ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ.

ބްރެމެން އަށް މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު 86 ވަަނަ މިނިޓްގައި އޭރިއާބޭރުން ޖަަހައިިދިނީ ނިކްލަސް ޝްމިޑްޓް އެވެ. މިއީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، ޝްމިޑްޓް ޖެހި މޮޅު ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox