ރޮނާލްޑޯ އާއި ނޭމާ ގަންނަ ފެންވަރެއް އަދި ނިއުކާސަލްގެ ނެތް

May 5, 2023, 1:40 PM
ރޮނާލްޑޯ އާއި ނޭމާ ގަންނަ ފެންވަރެއް އަދި ނިއުކާސަލްގެ ނެތް

ނިއުކާސަލް (މެއި 5) - ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް މި ވަގުތު ކުޅެމުން އަންނަ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީން ދޫކޮށްލަން ތައްޔާރުވަމުން އަންނަ ބްރެޒިލްގެ ނޭމާ ގަންނާނެ ފެންވަރެއް އަދި ނިއުކާސަލް ޔުނައިޓެޑްގެ ނެތް ކަމަށް އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ 80 ޕަސެންޓް ހިއްސާ އޮންނަ ނިއުކާސަލް ޔުނައިޓެޑުން އެންމެ ފަހުން ނިމުނު ތިން ޓްރާންސްފާ ބާޒާރުގައި ވަނީ އާ ކުޅުންތެރިން ގަންނަން 315 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

މި ވަގުތު، އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް އިން ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނަށް ވަރުގަދަ ޓީމެއް އެކުލަވާލަން ޖެހޭނެ ކަމަށް ބުނެ، ގިނަ މީޑިއާތަކުން ވާހަކަ ދައްކާއިރު، ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިންނާއި ނިއުކާސަލާ ގުޅުވައިގެން މީޑިއާގައި އަޑުފެތުރެ އެވެ.

އެ ގޮތުން، ރޮނާލްޑޯ އާއި ނޭމާ އަކީ ވެސް ނިއުކާސަލްގެ ޝޮޕިން ލިސްޓުގައި ހިމެނޭ ކުޅުންތެރިން ކަމަށް މީޑިއާގައި އަޑުފެތުރިފައިވެ އެވެ. އެކަމަކު، ހޯވް ބުނީ ނިއުކާސަލް އަދި އޮތް ލެވަލަށް ބަލާއިރު، އެ ފަދަ ކުޅުންތެރިން ގެނެވޭނެ ފެންވަރު ހުރި ކަމަށް ނުދެކޭ ކަމަށެވެ.

"ތި ބުނާ ފަދަ މަޝްހޫރު ކުޅުންތެރިން (ރޮނާލްޑޯ އާއި ނޭމާ) އަދިއެއް ގެނެވެން ނެތް. އެ ކުޅުންތެރިންނަށް އެދޭ މުސާރަ އާއި އެ ލިބޭ މަޝްހޫރުކަން އެ އޮތީ ބޮޑެތި ޓީމުތަކާ ގުޅިފައި. ނިއުކާސަލް އަކީ މި ވަގުތު އެ ލެވަލަށް ދާން މަސައްކަތް ކުރާ ޓީމެއް. އަހަރެމެން ވިސްނަންވީ ޒުވާން އުމުރުގައި ތިބި އެ ލެވަލަށްދާނެ ކުޅުންތެރިން މި ޓީމުގެ ތެރެއިން އެ ހިސާބަށް ގެންގޮސްދޭން،" ހޯވް ބުންޏެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ، ފުޓްބޯޅަ ކްލަބެއް ހިންގަން ހަވާލުވެފައި އޮތް ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. މި ހުރިހާ ސަަބަބުތަކަށް ޓަކައި، މަޝްހޫރު ގިނަ ކުޅުންތެރިންނާއި ނިއުކާސަލާ ގުޅުވައިގެން މީޑިއާގައި ވާހަކަ ދެކެވޭ ކަމަށް ހޯވް ވަނީ ބުނެފަ އެވެ.

ކުރިން ބޯންމައުތަށް ކޯޗުކޮށްދިން ހޯވް ބުނީ އަންނަ ސީޒަނަށް ވެސް ނިއުކާސަލް އިން ހަރަދުކުރާނެ ކަމަށާއި އެކަމަކު، އެ ކްލަބްގެ އިންވެސްޓްމަންޓްތައް ބައްޓަންކުރާނީ ހާސިލްކުރެވޭނެ ކަންކަމަށް ބަލާފައި، ދުރު މުސްތަގުބަލަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox