20 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭން ވަދާކުރާނީ މުޒްނާ

May 3, 2023, 8:29 AM
މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީގައި މުޒްނާ އިވެންޓެއްގައި ދުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީގައި މުޒްނާ އިވެންޓެއްގައި ދުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެކުނު ކޮރެއާގެ ޔެޗިއޮންގައި އޮންނަ 20 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާ ދުވުންތެރިއަކަށް ހައްވާ މުޒްނާ ފާއިޒު ހޮވައިފި އެވެ.

އަންނަ މަހުގެ 4-7 އަށް ކޮރެއާގެ ޔެޗިއޮންގައި އޮންނަ މުބާރާތުގައި 35 ގައުމަކުން 400 އެއްހާ އެތުލީޓުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.

މުބާރާތުގައި ރާއްޖެ އިން ވާދަކުރާނީ އައްޑޫ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުން އަންނަ މުޒްނާ އެވެ. މުޒްނާ އަކީ މިދިޔަ މާޗު މަހު އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެތުލެޓިކްސް އިން ހޮވި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ވާދަކުރި ދުވުންތެރިއެކެވެ.

މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ޒުވާން އުމުރުގައި މުޒްނާ ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ގޮތުން އެންމެ ފަހުން އޭނާ ވާދަކުރި 10 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ތިން އިވެންޓަކުން އޭނާ ރިހި މެޑަލް ހޯދި އެވެ. އެއީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުންނެވެ.

ޝަރަފުއްދީން ސްކޫލް އެތުލެޓިކްސް ޓީމުން ވިދާލި މުޒްނާ ވަނީ މި އަހަރުގެ ކުރީކޮޅު ޏ. ފުވައްމުލަކުގައި އޮތް އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ 100 މީޓަރު ދުވުމުގައި ދުވެ މީޓް ރެކޯޑެއް ވެސް ހަދައިފަ އެވެ.

އެންމެ ފަހުން މުޒްނާ ވާދަކުރި ގައުމީ ގްރޯން ޕްރީ އަށް ބަލާއިރު، އޭނާ ވަނީ 400 މީޓަރު ދުވުމުން ރަން މެޑަލް، 200 މީޓަރު ދުވުމުން ރިހި މެޑަލް އަދި 100 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

އެންމެ ފަހުން މުޒްނާ ވާދަކުރި ގައުމީ މުބާރާތަށް ބަލާއިރު އޭނާ ވަނީ ތިން އިވެންޓަކުން ރިހި މެޑަލް އަދި ދެ ޓީމް ރިލޭއަކުން ރަން މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް މި ފަހަރު ވެސް ހޯދީ މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުންނެވެ. ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި މީޓު ރެކޯޑު ހެދި ޓީމާއި، 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ކުލަބު ރާވެރިޔާ ޓީމްގައި ވެސް މުޒްނާ ހިމެނުނެވެ.

ވިހި އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން އެތުލީޓުންނަށް މުހިންމު ތަޖުރިބާތަކެއް ލިބޭ މުބާރާތެކެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ގައި ބެންކޮކްގައި ބާއްވަން އޮތް މުބާރާތް ކެންސަލްކުރީ ކޮވިޑުގެ ސަބަބުންނެވެ.

އެ ގޮތުން، 2018 ވަނަ އަހަރު އެންމެ ފަހުން މި މުބާރާތް ބޭއްވީ ޖަޕާންގެ ގިފޫގަ އެވެ. އެ ފަހަރު ރާއްޖެއިން މި މުބާރާތުގައި ވާދަކުރީ އައިޝަތު ހިމްނާ ހަސަން އާއި މުހައްމަދު ނާއިލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox