އަހްނާ، 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް މުގުރާލައިފި

Apr 29, 2023, 1:46 AM
އަހްނާ، 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް މުގުރާލައިފި

އުޒްބެކިސްތާންގެ ޓަޝްކެންޓްގައި ކުރިއަށްދާ އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލީޓު، އަހްނާ ނިޒާރު، އަންހެނުންގެ 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް މުގުރާލައިފި އެވެ.

އެ ގޮތުން، 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ދުވެ، އަހްނާ ރޭސް ނިންމީ 12.50 ސިކުންތުންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އިއްޔެއާ ހަމައަށް އޮތީ, މަރިޔަމް ރޫޔާ އަލީ އަތުގަ އެވެ. މީގެ ހަތް މަހެއްހާ ދުވަސް ކުރިން ރޫޔާ މި ރެކޯޑް ހެދީ, ކުވޭތުގައި ކުރިއަށްދިޔަ އޭޝިއާގެ 18 އަހަރުން ދަށަށް ހާއްސަ ޔޫތު އެތުލެޓިކްސް މުބާރާތުގަ އެވެ. އެއީ 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ 15 އަހަރުގެ އަހްނާ އަންނަނީ އެތުލެޓިކްސްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެ ގޮތުން ޒުވާން އުމުރެއްގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ.

އެ ގޮތުން, އަހްނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ކަޒަކިސްތާންގެ އަސްތާނާގައި ކުރިއަށްދިޔަ 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށް ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގެ 60 މީޓަރު ދުވުމުގެ ހީޓު ދޭއްގައި ވާދަކޮށް, 7.89 ސިކުންތުން ރޭސް ނިންމައިގެން އަހުނާ ގައުމީ ރެކޯޑު ހެދި އެވެ. އޭގެ ކުރިން މި ރެކޯޑު އޮތީ 2008 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ދުވި ޖައުނާ އަބްދުﷲ ނާފިޒު އަތުގަ އެވެ. އެ ފަހަރު ޖައުނާ ރެކޯޑު ހެދީ 8.30 އިން ދުވެގެންނެވެ.

އެކަމަކު, އަހްނާ, އެ ރެކޯޑް ހެދިތާ ހަތް މިނިޓް ފަހުން ރޫޔާ ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ. ހީޓު ތިނެއްގައި ވާދަކޮށް ރޫޔާ ވަނީ 7.66 ސިކުންތުން ދުވެ، އަހުނާގެ ރެކޯޑު މުގުރާލައިފަ އެވެ. މިއީ ބައިނަލް އަގުވާމީ މުބާރާތެއްގައި މި ފަދަ ގޮތަކަށް, މިހާ ގާތްގާތުގައި އެއް އިވެންޓެއްގެ ރެކޯޑެއް މުގުރާލި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox