ރިޓަޔާކުރުމުގެ ހިޔާލު ދޫކޮށްލައި ކްރޫސްގެ ރެއާލްގެ ކޮންޓްރެކްޓް އާކުރަނީ

Apr 18, 2023, 7:53 AM
ރިޓަޔާކުރުމުގެ ހިޔާލު ދޫކޮށްލައި ކްރޫސްގެ ރެއާލްގެ ކޮންޓްރެކްޓް އާކުރަނީ

މެޑްރިޑް (އޭޕްރީލް 18) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް މި ސީޒަނަށް ފަހު ރިޓަޔާކުރަން ގެންގުޅުނު ހިޔާލު ދޫކޮށްލައި، އިތުރު އެއް އަހަރަށް ރެއާލްގެ ކޮންޓްރެކްޓް އާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދިރިއުޅުމުގެ ކަންކަން ބަދަލުވަމުން އަންނަ ގޮތާއި ފުޓްބޯޅައިގެ ޕްރެޝަރުގެ މާހައުލުން ނުކުމެ ހަމަޖެހިގެން އުޅެލަން ޝައުގުވެރިވާ ކަަމަށް ބުނެ، މި ސީޒަނަށް ފަހު ކްރޫސް، 33، ފުޓްބޯޅަ އިން ރިޓަޔާ ކުރުމުގެ ހިޔާލެއް ގެންގުޅޭ މޭރުމަކުން ވާހަކަ ދައްކައި، މިދިޔަ އަހަރު ޖަރުމަނުގެ ނޫހަކަށް އިންޓަވިއު ދިނެވެ.

މިދިޔަ އަހަރު ރެއާލުން ކްރޫސް އަށް ހުށަހެޅި ކޮންޓްރެކްޓްގައި ސޮއިނުކުރަން ނިންމި އެވެ.

އެކަމަކު، މި މަހުގެ ކުރީކޮޅު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކްރޫސްގެ އިތުރުން ލޫކަ މޮޑްރިޗް އާއި ކަރިމް ބެންޒެމާ ވެސް އަންނަ ސީޒަނުގައި ފެންނާނީ ރެއާލުން ކަމަށެވެ.

ސްޕެއިނާއި ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކްރޫސް މިހާރު ނިންމައިގެން ހުރީ އަންނަ ސީޒަނުގައި ވެސް ރެއާލަށް ކުޅުމަަށެވެ. އަދި މިހާރު ރެއާލުން ހުށަހަޅާފައިވާ ކޮންޓްރެކްޓްގައިވާ ކަންކަމަށް ވެސް ކްރޫސް ވަނީ އެއްބަސްވެފަ އެވެ.

ބަޔާން ދޫކޮށް 2014 ވަނަ އަހަރު ކްރޫސް އެންމެ ފުރަަތަމަ ގުޅެން މަޝްވަރާކުރީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެކަމަކު، ފަހުން ކާލޯ އަންޗެލޮޓީގެ އެދުމަށް ރެއާލް މެޑްރިޑުން އެ ރޭހަށް ވަދެ، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ކްރޫސްގެ ސޮއި ހޯދީ ޖުމްލަ އެކު 35 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު މިޑްފީލްޑަރުންގެ ތެރޭގައި ކްރޫސް ހިމެނެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox